22 ޖޫން 2016
ހޫސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު 4-0 އިން އެމެރިކާ ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ހޫސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު 4-0 އިން އެމެރިކާ ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗުގައި މެސީ ޖެހި ލަނޑާ އެކު އޭނާ ވެގެން ގޮސްފައިވަނީ އާޖެންޓީނާގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށެވެ. ކުރިން އެ ރެކޯޑް އޮތީ 54 ލަނޑާ އެކު ގަބްރިއެލް ބަޓިސްޓޫޓާ އަތުގަ އެވެ. މެސީ ރެކޯޑް ހެދީ 55 ވަނަ ލަނޑު ހަަމަކޮށްގެންނެވެ.
އާޖެންޓީނާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ތިން ވަނަ މިނިޓްގައި އެޒެކުއެލް ލަވޭޒީ އެވެ. ލަވޭޒީ މި ލަނޑު ކާމިޔާބުކުރީ މެސީ ދިން ބޯޅައަކުން ބޮލުންނެވެ. އޭގެ 10 މިނިޓް ފަހުން ލީޑު ފުޅާކުރަން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖެހީ މެސީ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭގައި އާޖެންޓީނާ އިތުރު ލަނޑެއް ކާމިޔާބުކުރި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ލަވޭޒީ ދިން ބޯޅަައަކުން މި ލަނޑު ޖެހީ ގޮންޒާލޯ ހިގުއައިން އެވެ. އާޖެންޓީނާގެ ފަހު ލަނޑު ވެސް ކާމިޔާބުކުރީ ހިގުއައިން އެވެ. މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ހިގުއައިން މި ލަނޑު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ.
މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ކުޅޭނީ މިރޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ކޮލަމްބިއާ އާއި ޗިލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!
ޗިލީ ބަލިކޮށް އާޖެންޓީނާ ފެށުން ރަނގަޅުކޮށްފި
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީގެ ނުކުޅޭތީ ޗައިނާއިން އާޖެންޓީނާގެ މެޗު ކެންސަލް
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
މެސީގެ އުންމީދު ހާސިލުވެ އާޖެންޓީނާއަށް ޗެމްޕިއަންކަން
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް