23 މާޗް 2022
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، އޮންލައިން ޓްރޭޑިންގެ ވިޔަފާރި ކުރާ "ކިންގްސް ކެޕިޓަލް ހޯލްޑިންގް"ގެ އެކައުންޓް ޑިއެކްޓިވޭޓްކޮށް ފައިސާ ހިފެހެއްޓިި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، އޮންލައިން ޓްރޭޑިންގެ ވިޔަފާރި ކުރާ "ކިންގްސް ކެޕިޓަލް ހޯލްޑިންގް"ގެ އެކައުންޓް ޑިއެކްޓިވޭޓްކޮށް ފައިސާ ހިފެހެއްޓިި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކިންގްސް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބީއެމްއެލް އިން އެކައުންޓްތައް ފްރީޒްކުރީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ކަމަށެވެ. އެ ކުންފުނިން އެދިފައި ވަނީ އެކައުންޓްތައް ދޫކޮށްލައި އެ މައްސަލައިގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށެވެ.
މި މައްސަލައިގައި ކިންގްސްގެ ވަކީލުންގެ ގޮތުގައި އުޅުއްވަނީ ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
މިދިޔަ ހަފްތާގައި ކިންގްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިންގްސްގެ ޗެއާމަން އަލްހާން ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި މަނާ ކަންކަން ބަޔާންކޮށްފައިވާ ކަމަށާއި ފޮރެކްސް އާއި އެހެން އޮންލައިން ޓްރޭޑް ކުރުމަކީ މަނާކަމެއް ކަމަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކުންފުނިން ގާނޫނާ ހިލާފަށް ކުރި ކަމެއް ބީއެމްއެލްއަކަށް މިހާތަނަށް ބުނެދެވިފައެއް ނެތެވެ.
މި މައްސަލައިގައި އެމްއެމްއޭ އިން ވެސް ވަނީ އޮންލައިންކޮށް ފައިސާ ހޯދައިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕޮންޒީ ސްކީމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެދިފަ އެވެ. ކިންގްސް ކުންފުނިން ވަނީ ބީއެމްއެލްގެ އިތުރަށް އެމްއެމްއޭއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ.
ކިންގްސްގެ އެކައުންޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި
ކިންގްސްއަށް އިންވެސްޓްކުރި ފައިސާ އަނބުރާދޭން ހުކުމެއް
އަލްހާންގެ ކުންފުނީގެ މައްސަލަ އިސްތިއުނާފު ކުރަނީ
ހަ މިލިއަން ދައްކަން އަލްހާނާއި އިތުރު ބަޔަކަށް ހުކުމް
އަލްހާން ބީއެމްއެލްގެ ކްރެޑިޓް ކާޑު ދަރަނި ދައްކައިފި
ކިންގްސްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
ފްރޯޑުގެ ތުހުމަތު އަލްހާންގެ ކުންފުންޏަށް
ބޮޑު ސްކޭމް: މަޔަކަށް މިދިނީ ހާދަ ބޮޑު ލަނޑެކޭ!
ކޮމިޝަނަށް ކުރި ދައުވާ ބީއެމްއެލް އަށް ކާމިޔާބެއް ނުވި