ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި މ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި މ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކުރި އެވެ. އެ ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ.
ކިންގްސް ކެޕިޓަލުން ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ކުރުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށެވެ. އެކަމަކު އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެއްބަސްވުމަކާ ޚިލާފްވެއްޖެނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައިވާ 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށެވެ.
އެހެންވެ، ކިންގްސްގެ އެކައުންޓް ބޭންކުން ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ގާޒީ މަރިޔަމް ވަހީދު ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާއެއް ނުލިބެ އެވެ.
އެ މައްސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދިފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓި އެވެ.
ކްރިޕްޓޯ އެކްސްޗޭންޖްގެ ހިދުމަތެއް ނުދެން: ބީއެމްއެލް
ކިންގްސްއަށް އިންވެސްޓްކުރި ފައިސާ އަނބުރާދޭން ހުކުމެއް
އަލްހާންގެ ކުންފުނީގެ މައްސަލަ އިސްތިއުނާފު ކުރަނީ
ހަ މިލިއަން ދައްކަން އަލްހާނާއި އިތުރު ބަޔަކަށް ހުކުމް
އަލްހާން ކުންފުނީގެ އެކައުންޓް ފްރީޒްކުރުމުން ކޯޓަށް
އަލްހާން ބީއެމްއެލްގެ ކްރެޑިޓް ކާޑު ދަރަނި ދައްކައިފި
ބީއެމްއެލްއިން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
ބީއެމްއެލުން މުވައްޒަފުންގެ ހައްގުގައި އަމުރަކަށް!
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ