ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.5ރ. ބަހަން، މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
28 އެޕްރީލް 2024
ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.5ރ. ބަހަން، މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ކްރޮސްރޯޑުގައި ކުރިއަށް ދިޔަ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 96 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.
މިއީ މިދިޔަ އަހަރު އެ ކުންފުނިން ބެހި ފައިދާއާ އަޅާބަލާއިރު 0.17ރ. އިތުރު އަދަދެކެވެ. އެއީ ކުންފުނީގެ މުޅި އަހަރުގެ ހިއްސާގެ ފައިދާ ބިނާވެގެންވަނީ ބޯޑުން ހުށަހަޅާފައިވާ 5.84ރ. ގެ ފައިނަލް ޑިވިޑެންޑާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ހިއްސާއަކަށް 1.66ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. މި އަދަދު ބަހަން ފާސްވުމުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 570 މިލިއަން ރުފިޔާ ބަހާނެ އެވެ.
ދިރާގަށް ވަނީ މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. އަދި ކުންފުނީގެ ޖުމްލަ ފައިދާ 896 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ދިރާގުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ހިއްސާގެ ފައިދާ އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ބަހަމުންނެވެ. އެކުންފުނިން މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ބެހީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37ރ. ބަހާފައިވެ އެވެ.
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގު ބޯޑަށް ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް
އޭޖީއެމް: ހިއްސާދާރުންނަށް މުހިއްމު ބައްދަލުވުމެއް
ދިރާގުން ހިއްސާއަކަށް 6.20ރ. ބަހަން ފާސްކޮށްފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
އެސްއޯއީތަކުގެ ވެރިންނަށް ގިނަވެގެންލިބޭނީ 90،000ރ
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ