މާލެ އަތޮޅުން ބޭރުގައި ގާއިމުކުރި ފުރަތަމަ ރެސިޑެންޝަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހުޅުމީދޫގައި އިއްޔެ ހުޅުވައިފި އެވެ.
28 މާޗް 2022
މާލެ އަތޮޅުން ބޭރުގައި ގާއިމުކުރި ފުރަތަމަ ރެސިޑެންޝަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހުޅުމީދޫގައި އިއްޔެ ހުޅުވައިފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހެދި "ވިލުނު" ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރެވެ.
އެ ސެންޓަރުން އެއްފަހަރާ 60 މީހުންނަށް ފަރުވާ ދެވޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް ރިހެބިލިޓޭޝަން ފަރުވާ ދެމުން ދިޔައީ ކ. ހިންމަފުށީގައި ހުންނަ ސެންޓަރުން އެކަންޏެވެ. ނަމަވެސް، އެ ތަން އެންމެ އެކަށީގެންވާ ގޮތުގައި ނުހިންގެ އެވެ.
— Ministry of Health (@MoHmv) March 27, 2022
މަސްތުން ސަލާމަތްވުމުގެ ފަރުވާގެ ނިޒާމު އޮންނަ ގޮތުން ފަރުވާ ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް އެކަން ތަޖުރިބާކުރި ބައެއް މީހުން ބުންޏެވެ. އެހެންވެ، ފަރުވާގެ ނިޒާމަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ވިލުނު ސެންޓަރުގެ ޕްރޮގްރާމްތައް ބިނާވެފައިވަނީ ސައިކޯތެރަޕީގެ ދަށުން ނަފްސާނީ، ޖިސްމާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަށައިޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިންނެވެ.
ރެސިޑެންޝަލް ފަރުވާގެ އިތުރުން ޑިޓޮކްސިފިކޭޝަން، ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ފަރުވާ ދޭނެ އެވެ.
އައްޑޫ ހިތަދޫގައި ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަނގަޅު ބަދަލެއް ގެނެސްފައި ނޫނީ ހުއްޓާނުލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން އެކަނި ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ލިބިގެން ހައްލެއް ނުލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގެ ހާފްވޭ ހައުސް އަލުން ހުޅުވަން ތައްޔާރުވަނީ
އެންޑީއޭ އިސްލާހުކުރަން ބޮޑެތި ހުށަހެޅުންތަކެއް
މަގުމަތީގައި ނިދުމުގެ ބޭނުމެއް ނެތް، ފަރުވާ އަށް ދޭ!
އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ
ރިހެބަށް މެތަޑޯން ކުރިއަށް ގެންދެވޭ ގޮތަށް ހަދަނީ
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ހުޅުވާލައިފި
ހުޅުމާލެ ހާފްވޭ ހައުސްގައި ހެދި ކްލިނިކް ހުޅުވައިފި
ގޮންޖެހުން ބޮޑު، އިމާދުގެ އަޒުމަކީ އެންޑީއޭ ބަދަލުވުން
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި