ބަސް ދިމާކުރާ ދިވެހި ގޭމެއް ކަމަށްވާ، "ހައްޕު" އުރީދޫގެ މޫލީން ވިއްކަން ފަށައިފި އެވެ.
ބަސް ދިމާކުރާ ދިވެހި ގޭމެއް ކަމަށްވާ، "ހައްޕު" އުރީދޫގެ މޫލީން ވިއްކަން ފަށައިފި އެވެ.
އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަ ކުރާއިރު ކުޅެން ރަނގަޅު މި ގޭމުން ދިވެހި ބަސްކޮށާރު ވެސް މުއްސަނދިވާނެ އެވެ. އެ ގޭމު އުފެއްދީ ދިވެހި އަމިއްލަ ބްރޭންޑެއް ކަމަށްވާ "ފީކޮއި" އިންނެވެ.
ހަތް އަހަރުން މަތީގެ މީހުންނަށް ކުޅެވޭ އެ ގޭމުގައި 200 އަށް ވުރެ ގިނަ ބަސް ހިމެނެ އެވެ. ދިމާކުރަން ޖެހޭ ބަހުގެ އިތުުރުން "ހައްޕު" ބަސްތަކެއް ވެސް އެ ގޭމުގައި ވަނީ ހިމަނައިފަ އެވެ. އެ ބަސްތަކަކީ ދިމާކޮށްފި ނަމަ ޕޮއިންޓް ގެއްލޭ ފަދަ ބަސްތަކެވެ.
ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން އެއީ އެންމެ ފުރިހަމަ އެއް ގޭމު ކަމަށް އުރީދޫން ބުންޏެވެ.
އެ ގޭމް ކުޅޭނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. ދެ ޓީމުގެ ތެރެއިން "ހައްޕު" ބަސްތައް ނޫން އެހެން ބަސްތައް އެންމެ ގިނައިން ދިމާކުރާ ޓީމެއް މޮޅުވާނެ އެވެ.
މޫލީއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ޕްލެޓްފޯމެކެވެ. އެހެންވެ، "ހައްޕު" ގޭމް ވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ގަނެވޭނެ އެވެ.
މޫލީން ވަނީ އެ ގޭމް ވިއްކަން ފެށުމާ ގުޅިގެން ހާއްސަ އޮފާއެއް ވެސް ތައާރަފު ކޮށްފަ އެވެ. އެ އޮފާގެ ދަށުން 55ރ. ގެ ޑިސްކައުންޓެެއް ލިބޭނެ އެވެ.
މޫލީގެ ހިދުމަތަށް ތިން އަހަރު ފުރުން ފާހަގަކޮށްފި
މޫލީން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑެއް
މޫލީން ރޯދަ ވިޔަފާރި ކުރުމުގެ ފުރުސަތު
މޫލީގެ "ބިގް ޑިވައިސް ސޭލް" ފަށައިފި
މޫލީއަށް އަހަރެއް: 10،000އަށް ވުރެ ގިނަ ޑެލިވަރީ
އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު
އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީން މިހާރު ލިބޭނެ
އުރީދޫ މޫލީން ޑިޖިޓަލް ކާނިވަލެއް ފަށައިފި
މޫލީ މެދުވެރިކޮށް ބައްޕައިންގެ ދުވަހުގެ ހަދިޔާ ފޮނުވޭނެ
ގަނޑުކޮށް މުދާ ގަނެވޭ ސަޕްލައި.އެމްވީ ތައާރަފްކޮށްފި