އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
19 ފެބުރުއަރީ 2022
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތުގެ ދަށުން އިނާމް ލިބޭނީ މޫލީން އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިންނަށެވެ. އެއްވަނައަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ހުށަހަޅާފައިވާއިރު ދެވަނަ އިނާމަކަށް 3850 ޕަބްޖީ ޔޫސީ ވަނީ ހުށަހަޅައިފަ އެވެ.
މޫލީގެ އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ކާޑުތައް ހިމެނެ އެވެ. އެއީ ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިފްޓް ކާޑުތަކެވެ.
މީގެ އިތުރުން ތަފާތު ގޭމުތަކުގެ ފައިސާ ވެސް އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ. ޕަބްޖީ ޔޫސީ އަކީ ޕަބްޖީ ކުޅޭ އިރު ބޭނުންވާ ގޭމިން ފައިސާ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.
މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ޕްލެޓްފޯމެއް ކަމުން ކޮންމެ މީހަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވޭނެ އެވެ.
ޕަބްޖީ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ފަށަނީ
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕާ ގުޅެން ފަހު ފުރުސަތު
އުރީދޫން މިހާރު އައިފޯނު 14 ޕްރީ އޯޑާ ކުރެވޭނެ
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕްގައި މިހާރު ރަޖިސްޓްރީވެވޭނެ
މޫލީގެ ހިދުމަތަށް ތިން އަހަރު ފުރުން ފާހަގަކޮށްފި
އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕުގެ ކޮންޓެންޑާ ސީރީޒްގައި ބައިވެރިވާން ހުޅުވާލައިފި
"ހައްޕު" ގޭމް މިހާރު މޫލީން ލިބޭނެ
އުރީދޫގެ"މޫލީ" އިން އައިފޯނު13 އަށް އޯޑަރު ކުރެވޭނެ
މޫލީން ރޯދަ ވިޔަފާރި ކުރުމުގެ ފުރުސަތު
މޫލީގެ "ބިގް ޑިވައިސް ސޭލް" ފަށައިފި