މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން އުރީދޫން އެ ކުންފުނީގެ އީ-ކޮމާސް ޕެލްޓްފޯމް، "މޫލީ" ން ޑިޖިޓަލް ކާނިވަލެއް މިއަދު ފަށައިފި އެވެ.
24 ޖުލައި 2020
މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން އުރީދޫން އެ ކުންފުނީގެ އީ-ކޮމާސް ޕެލްޓްފޯމް، "މޫލީ" ން ޑިޖިޓަލް ކާނިވަލެއް މިއަދު ފަށައިފި އެވެ.
މި ކާނިވަލް ކުރިއަށް ގެންދާނީ މޫލީގައި އެކަމަށް ހާއްސަ ކޮށްފައިވާ ސެކްޝަނުގަ އެވެ. މި ސެކްޝަނުން އީދު ހަދިޔާ ގަނެ ބޭނުންވާ މެސެޖަކާއެކު ރައްޓެހިންނާއި އާއިލާގެ މީހުންނަށް ފޮނުވޭނެ އެވެ. އީދު ހަދިޔާގެ ގޮތުގައި ސްމާޓް ފޯނާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ކޮސްމެޓިކްސް އަދި ތުއްތު ކުދިންގެ ވާހަކަ ފޮތްތަކާއި އެކި އުމުރުފުރައާ ގުލޭ ތަކެތި ލިބެން ހުންނާނެ އެވެ.
އުރީދޫ މޫލީ މެދުވެރިކޮށް، އީދު ހަދިޔާ ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި ލަކީޑްރޯ އިން ހޮވޭ ނަސީބުވެރިންނަށް އިނާމު ހުށަހަޅާފައި ވަނީ މޫލީގައި ލިސްޓުކޮށްފައިވާ 18 ބްރޭންޑުން ކަމަށް އުރީދޫން ބުންޏެވެ. މި ކާނިވަލް ކުރިއަށް ގެންދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
މޫލީ ކާނިވަލް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް--
މޫލީގައި ލިސްޓުކޮށްފައިވާ ބްރޭންޑުތަކުގެ ތެރޭގައި އައިޓީ ވޯލްޑާއި ބްރޭންޑް ލޫމް އާއި ސީޕްރިޔާ އާއި ޑިންޑިން ކޮއެލި އާއި ޑްރީމާސް މޯލްޑިވްސް އާއި ކޮންފުޑާއި ކަނޑުފަޅު އާއި ލެކިއުޓް އާއި ލި ޕާފިއުމް އާއި ލިންކްސާވް އާއި ޕެންހޮމް އާއި ރީމެކްސް އާއި ސޭވިއާސް އާއި ދަ ސްޕޭސް އަދި ވީސްޓޯރާއި ހައި ފައިވް އާއި ފްލޯކް ޓޭލްސް ހިމެނެ އެވެ. ކޮންމެ ބްރޭންޑަކުން ވެސް އިނާމު ހުށަހަޅާފައިވަނީ އެ ބްރޭންޑަކުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުރިޔާއަށެވެ.
ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އުރީދޫގެ މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އެވެ. ވިޔަފާރި ކުރުމަށް އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު "ޝޮޕަށް" ވަދެ ބޭނުންވާ ހަދިޔާ ގަތުމަށް ފަހު ފޮނުވަން ބޭނުންވާ އެޑްރެސް ޖަހައި ފައިސާ ދެއްކުމުން އެ އެޑްރެހަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
މޫލީގެ ހިދުމަތަށް ތިން އަހަރު ފުރުން ފާހަގަކޮށްފި
"ހައްޕު" ގޭމް މިހާރު މޫލީން ލިބޭނެ
މޫލީން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑެއް
މޫލީން ރޯދަ ވިޔަފާރި ކުރުމުގެ ފުރުސަތު
މޫލީގެ "ބިގް ޑިވައިސް ސޭލް" ފަށައިފި
މޫލީއަށް އަހަރެއް: 10،000އަށް ވުރެ ގިނަ ޑެލިވަރީ
އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު
އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީން މިހާރު ލިބޭނެ
މޫލީ މެދުވެރިކޮށް ބައްޕައިންގެ ދުވަހުގެ ހަދިޔާ ފޮނުވޭނެ
ގަނޑުކޮށް މުދާ ގަނެވޭ ސަޕްލައި.އެމްވީ ތައާރަފްކޮށްފި