Roadha Mihaaru

ބޮޑެތި ޑިސްކައުންޓުތަކާއެކު މޫލީގެ "ބިގް ޑިވައިސް ސޭލް" ފަށައިފި

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިއްކާ ފޯނާއި އެކްސަސަރީޒުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މޫލީގެ "ބިގް ޑިވައިސް ސޭލް" ފަށައިފި
އިދުހާމް ނައީމް
އިދުހާމް ނައީމް

24 ސެޕްޓެމްބަރ 2020

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިއްކާ ފޯނާއި އެކްސަސަރީޒުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މޫލީން ވިއްކާ އެޕަލް އާއި ސެމްސަންގާއި އޮޕޯ ފަދަ މަގުބޫލު ބްރޭންޑުތަކުން ބޮޑެތި ޑިސްކައުންޓު ލިބޭނެ އެވެ. އެޕަލް ގަޑި އާއި އެއާޕޮޑްސް އާއި ސެމްސަންގް އަދި އޮޕޯގެ މަގުބޫލް ފޯނުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައިންޓު ލިބެން ހުންނާނެެ އެވެ.

އުރީދޫން ބުނިގޮތުގައި، މިއީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އުރީދޫން އަންނަނީ މޫލީ ޕްލެޓްފޯމު މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މުޅި ރާއްޖެ އަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މި ޕްލެޓްފޯމު މެދުވެރިކޮށް ލިބޭނެ އެވެ.

މޫލީ އަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށް، ހިލޭ ވެއާހައުސް ހިދުމަތް ލިބޭ ޕްލެޓްފޯމެކެވެ. މި ހިދުމަތްތަކާއެކު، ވިޔަފާރިވެރިންނަށް އެ ބައެއްގެ އުފެއްދުންތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފަ އެވެ.

އޮންލައިންކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް، ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ މީހަކަށް ވެސް މޫލީން އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.