"ހިޔާ" ފްލެޓްތަކުން ސިފައިންނަށް ލިބުނު އެޕާޓްމަންޓްތަކުގެ އެތެރޭގެ މަސައްކަތް ރޯދަމަހަށް ނިންމައި ހަވާލުކުރާނެ ކަމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން މިއަދު ބުނެފި އެވެ.
31 މާޗް 2022
"ހިޔާ" ފްލެޓްތަކުން ސިފައިންނަށް ލިބުނު އެޕާޓްމަންޓްތަކުގެ އެތެރޭގެ މަސައްކަތް ރޯދަމަހަށް ނިންމައި ހަވާލުކުރާނެ ކަމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން މިއަދު ބުނެފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓް ލިބުނު ގިނަ ބަޔަކު ވަނީ އަމިއްލަ ކުންފުނިތަކާ އެ މަސައްކަތް ހަވާލުކޮށްފަ އެވެ. އެތަނުން، ސިފައިންނަށް ލިބުނު ފްލެޓްތައް ނިންމަން ސިވެކްއާ ހަވާލުކުރިޔަސް އެ ތަންތަން ވެސް މުއްދަތަށް ނުނިމި، ޝަކުވާ ބޮޑުވި އެވެ.
ސިވެކްގެ ސީއީއޯ އަހުމަދު ޒުބައިރު "މިހާރު" އަށް ވިދާޅުވީ އެއްބަސްވުމުގައިވާ މުއްދަތަށް ފްލެޓްގެ މަސައްކަތް ނިންމައި ނުލެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު، މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހުގެ ކުރިން ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމައި އެ ތަން ފްލެޓް ލިބުނު މީހުންނާ ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ރޯދައިގެ ކުރިން [މާދަމާ] އިރާދަކުރެއްވިއްޔާ ފްލެޓްތަކުގެ މަސައްކަތްތައް ނިންމައި ހަވާލުކުރާނަން،" ޒުބައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ލަސްވީ ރާއްޖެ އިން ބޭރުން ގެންނަންޖެހޭ މުދާ ގެނައުމުގައި އޭރު ލަސްތަކެއް ވުމުންނެވެ.
"އަޅުގަނޑުމެން ފްލެޓްތަކުގެ މަސައްކަތް މި ކުރަނީ ވަރަށް ފެންވަރު ރަނގަޅުކޮށް ވަރަށް ލޯ ކޮސްޓެއްގައި. އެކަމަކު މާކެޓް ޕްރައިޒަށް ވުރެ ލޯ ކޮސްޓެއްގައި މިކަން ކުރެވެނީ ރާއްޖެ އިން ބޭރުން މުދާ ގެނެސްގެން. އެހެންވީމާ މެޓީރިއަލް ގެނައުމުގައި ޑިލޭވީ،" އޭނާ ވިދާޅުވި އެވެ.
ޒުބައިރު ވިދާޅުވީ، ސިފައިންގެ ބައެއް މީހުން ވަނީ މުއްދަތަށް ތަން ނިންމައި ހަވާލު ނުކުުރުމުން އެއްބަސްވުން ވެސް ބާތިލުކޮށްފައި ކަމަށެވެ. މި ވަގުތު 18 ފްލެޓެއްގެ މަސައްކަތް ސިވެކުން ކުރަމުން އަންނައިރު އެ މަސައްކަތްތައް މާދަމާ އަށް ނިމޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ސިވެކްގެ އިތުރުން ވެސް ފްލެޓް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން މުއްދަތަށް ނުނިންމައިގެން އެކަމުގެ ޝަކުވާ ފްލެޓް ލިބުނު މީހުން ކުރަމުން އެބަދެ އެވެ.
ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ "އާންމު އެކުވެރި ގުޅުން" (ކޮތަރުކޮށި) އިން މިފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ވެސް ގިނަ ބައެއްގެ ފްލެޓްތަކެއްގެ މަސައްކަތް ނުނިންމާ އެބަހުއްޓެވެ. އެންމެ ގިނަ ބަޔަކު ޝަކުވާކުރީ "އެޕިކް ޝެލްޓާ" އިން ފްލެޓް ނުނިންމައިގެންނެވެ.
އެ ސާވޭގައި ބައިވެރިވި 35 މީހަކު ބުނެފައި ވަނީ އެޕިކުން އެ މީހުންގެ ފްލެޓް އަދިވެސް ނުނިންމާ ކަމަށާއި އެޑްވާންސަށް އެ އެންމެންގެ އަތުން 3.5 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. ބައެއް ކުންފުނިތަކުން މުއްދަތަށް ފްލެޓްގެ މަސައްކަތް ނުނިންމައިގެން ޝަކުވާ ކުރަމުންދާއިރު ކުންފުނިތަކުން ބުނަނީ ކޮވިޑަށް ފަހު ބޭރުން މުދާ ގެނައުމުގައި ދަތިވެފައިވާ ކަމަށެވެ.
ސިފައިންގެ ފްލެޓުތައް މި މަހުގެ ފަހުކޮޅު ހަވާލުކުރަނީ
ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި
ސިފައިންނާއި ފުލުހުންގެ ފްލެޓް އަޅާ މީހުން ހަޅުތާލުގައި
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
ސިފްކޯ ފްލެޓްތައް ކުއްޔަށް ދީފިއްޔާ އަތުލާނެ
ދިގުމުއްދަތެއް ވުމުން ސިފައިންނަށް ގެދޮރު މިލްކުކޮށްދެނީ
ހިޔާ ފްލެޓް ކުލި ހަމަޖައްސަން ބަޖެޓުން 177 މިލިއަން
ހިޔާގެ ފިނިޝިންއަށް ދިޔަ ހަރަދު ދޭނަން: މުއިއްޒު