ނުނިމި ދިގުލައިގެން ގޮސްފައިވާ ސިފައިންގެ ފްލެޓްތައް މި މަހުގެ ފަހުކޮޅު ހަވާލުކުރަން ނިންމައިފި އެވެ.
10 އޯގަސްޓް 2023
ނުނިމި ދިގުލައިގެން ގޮސްފައިވާ ސިފައިންގެ ފްލެޓްތައް މި މަހުގެ ފަހުކޮޅު ހަވާލުކުރަން ނިންމައިފި އެވެ.
ހުޅުމާލޭގައި ނޮވެމްބަރު 26، 2014 ގައި ސިފައިންގެ ފްލެޓުތަކުގެ ބިންގާ އެޅީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހެދި ނުވަ އަހަރު ވެގެން ދިޔައިރު ވެސް އެ ތަނުގައި ދިރިއުޅޭކަށް ނުފެށުނެވެ.
އެހެންވެ، އެ ތަންތަން ނިންމުން އެންމެ ފަހުން މި ސަރުކާރުން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ އެވެ.
ސިފްކޯގެ ފްލެޓްތައް ލިބުނު މީހުންނަށް މައުލޫ ދިނުމުގެ ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. ކަޅުތުއްކަލާ ކޮށީގައި މިރޭ 8:30 ގައި ބާއްވާ އެ ބައްދަލުވުމުގައި މަޝްރޫއުގެ އިތުރު ތަފުސީލްތައް ހާމަކުރާނެ ކަމަށް އެނގިފައި ވެ އެވެ.
ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް ލިބޭ ފްލެޓްތައް ކަނޑައެޅުމުގެ ކަންކަން ވެސް ކުރިއަށް އޮތް ހަފުތާގައި ފަށާނެ ކަމަށް ވެ އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސިފްކޯ ފްލެޓްތަކަށް މިދިޔަ މަހު ވަދެވޭނެ ކަމަށެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައިގެން ދިޔައިރު ވެސް ވަދެވޭ ގޮތެއް ނުވި އެވެ.
ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު އަދި 20 ޕެންޓް ހައުސް ހުންނާނެ ކަމަށް ކުރިން ބުނެފައި ވެ އެވެ. ނަމަވެސް، އެ ސްޓްރަކްޗާއަށް ފަހުން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ފަހުން އިތުރުކުރި ފްލޯތަކުގައި ޖާގަ ތަނަވަސް ފަސް އެޕާޓްމަންޓް ހުންނާނެ އެވެ. އެހެން އެޕާޓްމަންޓުތަކަށް ވުރެ އެ ތަންތަން އަގުބޮޑު ވާނެ ކަމަށް ސިފްކޯއިން މީގެ ކުރިން ބުންޏެވެ.
ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
ފުލުހުންގެ ފްލެޓްތައް މުއްދަތަށް ނުނިންމުނު!
ސިފައިންގެ ހިޔާ ފްލެޓްތައް ރޯދަމަހަށް ނިމޭނެ: ސިވެކް
ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
މުދާތައް ނުވިއްކަން އައިލެންޑް އެކްސްޕާޓަށް އަންގައިފި
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
ފްލެޓުތައް ނިންމުން ލަސްވީ ސިޔާސީވުމުން: ކޮންޓްރެކްޓަރު
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި