Roadha Mihaaru
ބަންގްލަދޭޝްގެ ލުނބޯ ދިވެހިންނަށް ކަމަކުނުދިޔަ

ބަންގްލަދޭޝްގެ ލުނބޯ ދިވެހިންނަށް ކަމަކުނުދިޔަ

03 އެޕްރީލް 2022

ރާއްޖޭގެ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ، ބަންގްލަދޭޝް އިން ގިނަ އަދަދަކަށް ލުނބޯ އެތެރެކުރިޔަސް، އެ ލުނބޯ ދިވެހިންނަށް ކަމުނުދިޔަ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ، ބަންގްލަދޭޝް އިން ގިނަ އަދަދަކަށް ލުނބޯ އެތެރެކުރިޔަސް، އެ ލުނބޯ ދިވެހިންނަށް ކަމުނުދިޔަ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

"މާ ހަރުކޮށް ހުންނާތީ ފެލާލެވޭ ގޮތެއް ނުވޭ. އެހެންވެ، އެއާ ބެހޭ ގޮތުން ލިބުނީ ވަރަށް ނެގެޓިވް ފީޑްބެކެއް،" ބާޒާރުމަތީގެ ހޯލްސޭލް ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.

"އަޅުގަނޑުމެން ވެސް ގަތިން ޓަނެއްހާ ލުނބޯ. އެކަމަކު ނުވިކިގެން މީހުންނަށް ބަހަން ވެސް ޖެހުނު."

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގައި ހައްދާ ލުނބޯ ރާއްޖެ އަށް މި އެތެރެކުރީ ފުރަތަމަ ފަހަރަށެވެ. ރާއްޖެ އަށް އާންމުކޮށް ލުނބޯ އެތެރެކުރަނީ އެފްރިކާގެ ބައެއް ގައުމުތަކާއި އިންޑިއާ އަދި ވިއެޓްނާމުންނެވެ. އެހެން ނަމަވެސް، އެ ގައުމުތަކުން ލުނބޯ ލިބުން ވަރަށް ބޮޑަށް ދަތިވެ، ރޯދައިގެ މާ ކުރިން ވެސް ލުނބޯގެ އަގު ވަނީ އުފުލިފަ އެވެ. މާރުކޭޓުން ލުނބޯ އެއްކޮށްހެން ހުސްވި އިރު، ކިލޯއެއް އުޅުނީ 160ރ. އިން މަތީގަ އެވެ. މާރުކޭޓުގައި ލުނބޯ ކިލޯއެއް އާންމުކޮށް އުޅެނީ 35-40ރ. ގަ އެވެ.

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގެ ލުނބޯ މާރުކޭޓުގައި މިއަދު ވިއްކަން ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގްލަދޭޝްގެ ބަޔަކު އެ ގައުމުން ލުނބޯ އެތެރެކޮށް، އިއްޔެ އިން ފެށިގެން މާރުކޭޓުގައި ވަނީ ވިއްކަން ފަށައިފަ އެވެ. އަގު އުޅެނީ ކިލޯއެއް އެވްރެޖްކޮށް 100-120ރ. އަށެވެ. ބަންގްލަދޭޝް އިން ލުނބޯގެ އިތުރުން ފޭރާއި ކުންނާރު ވެސް އެތެރެކުރި އެވެ.

"ބަންގްލްދޭޝްގެ ފޭރު ވަރަށް މީރު. ކުންނާރު ވެސް ވަރަށް މީރު. އެކަމަކު ބަންގްލަދޭޝްގެ ލުނބޯ ހީވަނީ ދިވެހިން މި ކިޔާ ނިޔަނދުރުހެން. ކިޔުކަންބާހެން ފޮތިކޮށް ކޮށައިގެން އެ ބޭނުންކުރެވެނީ،" ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

"ލުނބޯގެ ރަހަ ރަނގަޅު. އެކަމަކު ދިވެހިން ލުނބޯ ބޭނުންކުރާ ގޮތްތަކަށް ބަލާއިރު މި ކަމުނުދަނީ. ތޮށިގަނޑު ވެސް އެހާ ހަރު."