މަސް މާރުކޭޓު ކުރިމަތީގައި ހުރި ލޯކަލް މާރުކޭޓުގެ އެކި ގޮޅިތަކަށް ބަލާލީމަ، މިހާރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ފެންނާނެ އެވެ. އޭގެ ތެރެއިން އެއް ތަފާތަކީ، ހަލަބޮލި، ތޮއްޖެހިފައިވާ އެ މާރުކޭޓުގެ އެކި ގޮޅިތަކުގައި އަންހެނުން އިސްކޮށް ހަރަކާތްތެރިވާ މަންޒަރެވެ.
11 އެޕްރީލް 2022
މަސް މާރުކޭޓު ކުރިމަތީގައި ހުރި ލޯކަލް މާރުކޭޓުގެ އެކި ގޮޅިތަކަށް ބަލާލީމަ، މިހާރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ފެންނާނެ އެވެ. އޭގެ ތެރެއިން އެއް ތަފާތަކީ، ހަލަބޮލި، ތޮއްޖެހިފައިވާ އެ މާރުކޭޓުގެ އެކި ގޮޅިތަކުގައި އަންހެނުން އިސްކޮށް ހަރަކާތްތެރިވާ މަންޒަރެވެ.
މީގެ ތެރެއިން އެކަކަކީ ފާތިމަތު ސާދުނާ އެވެ.
އޭނާގެ ވާހަކަ ބާއްވާފައި އެހެން ދިމާއެއްގައި ހުރި އަންހެނެކެވެ؛ ރީތިކޮށް ނަލަހެދިލައިގެން ހުރި އެ އަންހެން މީހާ ކައިރިން ވާހަކަތައް އަހާލުމުން އޭނާ ހީނލި އެވެ.
"ކީއްކުރަން ތި އުޅެނީ؟" އޭނާ ސުވާލު ކުރި އެވެ.
"އިންޓަވިއުއެއް ނަގަނީ؟ ނޫން.. އިންޓަވިއު ދޭކަށް ބޭނުމެއް ނޫންް."
ލޯކަލް މާރުކޭޓުގައި މީގެ ކުރިން ވެސް އަންހެނުން ހަރާކާތްތެރިވެ އުޅެ އެވެ. ގޮޅިތައް ހިންގި އެވެ. އެކަމަކު އެއީ އެކަކު ނުވަތަ ދެ މީހެކެވެ. އެކަމަކު މި ރޯދަ މަހުގެ ތެރޭގައި ގޮޅި ހިންގުމުގައި އިސްކޮށް ހަތަރު ފަސް އަންހެނަކު އެބަތިއްބެވެ. އޭގެ ތެރެއިން ނޫސްވެރިންނާ ކުރިމަތިލާން ކެރުނީ ސާދުނާ އެކަންޏެވެ. އެހެން ހުރިހާ އަންހެނުން، ލަދުން ބޭނުން ނުވަނީ ކަމަށް ވެދާނެ އެވެ.
""ނޭންގެ ކީއްވެ ކަމެއް ޖެހިލުން ވަނީ. ވެދާނެ މިކަމުގައި އަބަދުވެސް ފިރިހެނުން އުޅޭތީ ކަމަށް ވެސް. އަޅުގަނޑު މިކުރަނީ ހަމަ ވަރަށް ކުރާ ހިތުން،" ސާދުނާ، 51، ބުންޏެވެ.
އޭނާގެ ގޮޅީގައި ވިއްކަން ހުރި އެއްޗެހީގެ އަގުތަކަށް ސާދުނާ ވަރަށް ފަރިތަ އެވެ. ބަރިއަކަށް އަގުތައް އަމުނާލި އެވެ.
މި ގޮޅީގައި ސާދުނާ މަސައްކަތް ކުރާތާ 14 ވަރަކަށް އަހަރުވެއްޖެ އެވެ. އެކަމަކު އެއީ އޭނާގެ ފިރިމީހާގެ ގޮޅިއެކެވެ. އެތާނގައި އާންމުކޮށް އިންނަނީ ވެސް އޭނގެ ފިރިމީހާ އެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ކޮންމެ ރޯދަ މަހެއްގައި އޭނާ ގޮޅިއަށް އައިސް އެތާނގައި އިނދެ އެތަން ބަލަހައްޓަ އެވެ.
މާލެއަށް އުފަން ސާދްނާ މިގޮތަށް ގޮޅީގައި އިނުމަކީ އޭނާގެ ދަރިން ވެސް އެހާ ގަޔާވާ ކަމެއް ނޫން ކަމަށް އޭނާ ބުނެ އެވެ. އެކަމަކު މިކަން އޭނާ ކުރަނީ ރޯދަ މަހު ފިރިމީހާއަށް ލުއިކޮށްދިނުމުގެ ގޮތުންނެވެ. ހެނދުނު 9 ޖަހާކަން ހާ އިރު އޭނާ ގޮޅިއަށް އާދެ އެވެ. އެނބުރި ގެއަށްދަނީ މެންދުރު ފަހު އެވެ. މެންދުރު ފަހު ގެއަށް ގޮސް ރޯދަ ވީއްލުމަށް ތަކެތި ތައްޔާރުކުރެ އެވެ.
ސާދްނާގެ ގޮޅި: އޭނާ ކޮންމެ ރޯދަ މަހެއްގެ ބޮޑުބައި ހޭދަކުރަނީ މި ގޮޅީގައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"މިއީ އެއްވެސް އުނދަގޫ ކަމެއް ނޫން. ރޯދަ ކުރުކޮށްލަން މިއީ ރަނގަޅު ކަމެއް،" އޭނާ ބުންޏެވެ.
އޭނާ ބުނީ މަސައްކަތެއް ނުކޮށް ގޭގައި އިނުމަކީ އޭނާ އެއްވެސް އިރަކު އުޅޭ ހިތްވާ ގޮތެއް ނޫން ކަމަށެވެ. އޭނާ އަކީ މަސައްކަތްތެރި އަންހެނެކެވެ. ގޮޅީގައި އެހާ ހަރަކާތްތެރިކޮށް އެ އުޅެވެނީ ވެސް އެހެންވެ އެވެ.
ސާދުނާ ބުނީ އަންހެނަކު ގޮޅީގައި އިނދެގެންނޭ ކިޔާފައި އެއްވެސް މަލާމާތެއް، އަދި އެއްވެސް އުނދަގުލެއް އޭނާ އަށް ކުރިމަތިނުވާ ކަމަށެވެ. ރޯދަ މަހަކީ އެންމެ ގިނައިން މީހުން މާރުކޭޓަށް އަންނަ ދުވަސްތައް ކަމަށް ވާއިރު، އެ މަހުގައި ވެސް އުނދަގުލެއް ދައްޗެއް އަދި ފުރައްސާރައެއް ވެސް ކުރިމަތި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އެހެން ކަމަކާ ވިސްނާލާނެ ވަގުތެއް ވެސް ނުލިބޭ. ހަމަ ތަކެތި ވިއްކުމުގައި މިއުޅެނީ."
ތިން ކުދިންގެ މަންމަ ސާދްނާ ބުނީ، މިއީ އަންހެނުންނަށް ވަކި ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އޭނާ އަށް ބުނެދޭން ނޭންގެނީ، މީގެ ތެރެއަށް އަންހެނުން ކުރިމަތިނުލާ ސަބަބެވެ.
ސާދްނާ "މިހާރު"ގެ ނޫސްވެރިންނާ ވާހަކަދައްކަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ބުނީ ގޮޅިއަށް ތަކެތި ހޯދުމުގެ ހުރިހާ މަސައްކަތެއް ކުރަނީ އޭނާގެ ފިރިމީހާ ކަމަށެވެ. އަދި އޭނާ އަށް ލިބޭ އުފަލަކީ، މި ވިޔަފާރީގައި އަމަލީ ގޮތުން ފިރިމީހާއާ އެކު އުޅެވުމެވެ.
"މިހާރު ދަރިން ވެސް ތިބީ ބޮޑެތިވެފައި. މާމަ ދަރިން ވެސް އެބަތިބި. ގޭގަ އިނުމަށް ވުރެ މިގޮތަށް މަސައްކަތެއްގައި އުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ.
25 އަހަރު: ބުރަ، އެކަމަކު ދޫދިނުމެއް ވެސް ނެތް!
ކަނޑޫދޫ މިރުސް ދެ ގުނަ އަގުބޮޑުކޮށް!
ވިއެޓްނާމުން ލުނބޯ ގެނެސްފި، މިއަދު އަގު ވެއްޓޭނެ!
ބަންގްލަދޭޝްގެ ލުނބޯ ދިވެހިންނަށް ކަމަކުނުދިޔަ
މުލަ ރޯދަ: މާރުކޭޓު ތިޔާގި، އަގުތައް ރަނގަޅު!
މި ފަހަރު އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަކީ ގިއްސާ!
މާރުކޭޓުގައި އެންމެ ތަދު އެއްޗަކީ ކުރުނބާ
ރޯދަ މަސް ފެށުނު އިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
ރޯދައަށް ތޮއްޑޫ އިން 600 ޓަނުގެ ކަރާ ހައްދައިފި