ޓީވީ މޯލްޑިވްސްގެ ހިދުމަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ދައްކަން ފެށި "އެހާރާއި މިހާރު" ހުއްޓާލައި، އޭގެ ވިއްސަކަށް އަހަރު ފަހުން އަނެއްކާ ވެސް ދައްކަން ފަށައިފި އެވެ.
ޓީވީ މޯލްޑިވްސްގެ ހިދުމަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ދައްކަން ފެށި "އެހާރާއި މިހާރު" ހުއްޓާލައި، އޭގެ ވިއްސަކަށް އަހަރު ފަހުން އަނެއްކާ ވެސް ދައްކަން ފަށައިފި އެވެ.
ޓީވީއެމްގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވި، ހިންދީ ކުރީގެ ލަވަތަކާއި ފަހުގެ ލަވަތައް ހިމަނައިގެން އުފައްދާ "އެހާރާއި މިހާރު" މި ރޯދަ މަހު އަލުން ދައްކަން ފެށީ ރޯދަ މަހަށް ހާއްސަކޮށް ފޮނުވާ ޕްރޮގްރާމްތަކުގެ ތެރޭގަ އެވެ.
"އެހާރާއި މިހާރު" ދައްކަން ޓީވީއެމުން ތާވަލް ކޮށްފައި ވަނީ ކޮންމެ ރެއެއްގެ އިޝާ ނަމާދުގެ ބަންގި އާއި ގުރުއާނަށް ފަހު، 8ގެ ހަބަރާ ދޭތެރޭ އޮންނަ ވަގުތުގަ އެވެ.
ޓީވީއެމް ފެށިގެން އައިސް ފޮނުވަން ފެށި "އެހާރާއި މިހާރު" އަކިީ އޭރުން ފެށިގެން ގޮސް 2000ގެ ކުރީކޮޅާ ހަމައަށް ވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޕްރޮގްރާމެކެވެ. އެކި ދުވަސްވަރު އެކި ބަދަލުތައް އައި އެ ޕްރޮގްރާމް 90ގެ ތެރޭގައި އާންމުންގެ ރިކުއެސްޓަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އޭރު ލަވަތަކަށް އެދޭ މީހުންގެ ލިސްޓް ކިޔަން ވެސް ވަރަށް ގިނައިރު ހޭދަވި އެވެ.
ދިވެހިންގެ ތެރޭގައި ހިންދީ ލަވައަށް އޮތް ނުފޫޒުގެ އެންމެ ބޮޑު އެއް ރޯލު ކުޅުނީ ވެސް އެ ޕްރޮގްރާމެވެ. އެކަމަކު، ރައީސް މައުމޫންގެ ފަހުކޮޅު ސަރުކާރަށް އައި ބަދަލުތަކާއި، ސިޔާސަތުތަކަށް އައި ބައެއް ބަދަލުތަކާ އެކު ޓީވީއެމުން ހަމައެކަނި އަމިއްލަ ކޮންޓެންޓް ދައްކަން ނިންމައި، އޭރު ކޮންމެ ހަފުތާއަކު އެއްފަހަރު ދައްކަމުން އައި ހިންދީ ފިލްމާއި "އެހާރާއި މިހާރު" ހުއްޓާލި އެވެ. އެ ނިންމުން ނިންމި އިރު، ހިންްދީ ފިލްމެއް ދައްކައިގެން ޓީވީ މޯލްޑިވްސް އޭރު ކޮޕީ ރައިޓްސްގެ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެސް ދާން ޖެހުނެވެ.
ޓީވީއެމްގެ އޮފިޝަލަކު ވިދާޅުވީ "އެހާރާއި މިހާރު"ގެ ނަމުގައި ހަމަ އެކަހަލަ ގޮތަށް އެ ޕްރޮގްރާމް ގެނައީ ސްޕޮންސަރުންގެ އެދުމުގެ މަތިން ކަމަށެވެ.
"މިހާރު ކުރިން ހަދާވަރަށް އަމިއްލަ ކޮންޓެންޓެއް ވެސް ނުލިބޭ. އޭގެ އިތުރުން ސްޕޮންސަރުންގެ ވެސް އެދުުގެ މަތިންް އެ ޕްރޮގްރާމް އަލުން ދައްކަން މި ފެށީ،" އޮފިޝަލް ވިދާޅުވި އެވެ.
"އެހާރާއި މިހާރު" އަލުން ދައްކަން ފެށިއިރު، އެ ޕްރޮގްރާމް ދައްކާ ގަޑިއާ ދޭތެރޭ އާންމުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. އިޝާ ނަމާދު ބަންގި އަށް ފަހު، ލަވަ ދެއްކުމަކީ ޓީވީއެމުން މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.
އެކަމާ ބެހޭ ގޮތުން އޮފިޝަލްް ވިދާޅުވީ ޓީވީއެމްގެ ޕްރޮގްރާމްް ގައިޑަށް ބަލާލުމުން އޭގެ ޖަވާބު ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
"އެހެން ހުރިހާ ވަގުތެއް މިއޮތީ ޝެޑިއުލްކޮށްފައި. ގަބޫލު ކުރަންވާނެ މިއީ ބަޔަކު ސްޕޮންސާ ކޮށްފައިވާ ޕްރޮގްރާމެއް ކަން ވެސް،" އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމް އަޅުގަނޑުމެން މި ދައްކަނީ އިޝާ ނަމާދުގެ ބަންގި އަށް ފަހު ގުރުއާން ވެސް ދައްކައި ނިމުމުން އޮންނަ ހުސްވަގުތުކޮޅުގައި."
ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
"ކާށި އަޅަން މީހުން ހޯދާހެން ކަންކަން ހަވާލުނުކުރާތި"
ނަސްރުގެ އަޑު ފަނޑުވުމެއް ނެތް، ވަޒީފާގައި ނަމޫނާއެއް
މުޖޫއަކީ މިހާރު ގަދަ ޓެކްސީ ޑްރައިވަރެއް!
އަޒުމެއް ނުގުޑި، ވަޖީހުގެ ފޫހިކަމެއް ނެތް!
ކަރަންޓީނަށް ގޮސް، ޕީއެސްއެމްގެ ނިއުސްރޫމް ފަޅަށް!
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
42 އަހަރު ވީ ޓީވީ އެންޓަނާ ނަގަނީ
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!