Roadha Mihaaru
ހުޅުމާލޭގެ ގެއެއްގެ ފަސްވަނަބުރިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގެ ގެއެއްގެ ފަސްވަނަބުރިން ކުއްޖަކު ވެއްޓިއްޖެ

04 އެޕްރީލް 2022

ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ފަސްވަނަ ބުރިން މީގެ އިރުކޮޅެއް ކުރިން ކުއްޖަކު ވެއްޓިއްޖެ އެވެ.

ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ފަސްވަނަ ބުރިން މީގެ އިރުކޮޅެއް ކުރިން ކުއްޖަކު ވެއްޓިއްޖެ އެވެ.

ނިރޮޅުމަގު ނުވަތަ ހުޅުމާލޭގެ ބޮޑުމަގުން އަލޫ ގްލާސް ޕްލަސް ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ ގޭގެ އެންމެ މަތިން އުމުރުން 2-3 އަހަރުގެ އެ އަންހެންކުއްޖާ ވެއްޓުނު ނަމަވެސް ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

"އޭރު އެ ކުއްޖާގެ މަންމަ ވެސް ބައްޕަ ވެސް ގޭގައި ނެތް. އެ މީހުން ދިޔައީ މި ގޭގެ ކުރިމަތީގައި ހުރި ކޮންމެވެސް ތަނަކަށް އެއްޗެއް ގަންނަން. ވެއްޓުނު އަޑަށް އެ މީހުން ދުވެފައި އައީ،" ކުއްޖާ ވެއްޓުނު ގެ ކައިރީގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހުޅުމާލޭގެ ބޮޑުމަގުގައި ހުންނަ ގެއަކުން ކުއްޖަކު ވެއްޓުމުން ފުލުހުން އެ ސަރަހައްދުގައި މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު

ހުޅުމާލޭގެ ބޮޑުމަގުގައި ހުންނަ ގެއަކުން ކުއްޖަކު ވެއްޓުމުން ފުލުހުން އެ ސަރަހައްދުގައި މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ހެއެއް ނެތެވެ. ހުޅުމާލޭގެ ހޮސްޕިޓަލްގެ އިމަޖެންސީގައި މިހާރު ފަރުވާ ދެމުން އަންނައިރު މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މާ ބޮޑު އަނިޔާއެއް ވި ކަމަކަށް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.