04 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 4) - ލަންކާގައި ގާއިމްކުރާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ މިއަދު ދައުވަތު ދެއްވައިފި އެވެ.
ކޮލަމްބޯ (އެޕްރީލް 4) - ލަންކާގައި ގާއިމްކުރާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ މިއަދު ދައުވަތު ދެއްވައިފި އެވެ.
"ރައީސް ވަނީ ޕާލަމެންޓުގައި ހިމެނޭ ހުރިހާ ޕާޓީތަކަކުން ވެސް ކެބިނެޓުގެ މަގާމުތައް ގަބޫލް ކުރުމަށް އެދިވަޑައިގެންފައި. ރައީސް ބޭނުން ވަނީ ގައުމީ މައްސަލަތަކަށް އެންމެން ގުޅިގެން ހައްލެއް ހޯދުމަށް،" ގޯޓާބޭގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ލަންކާގެ އިގްތިސާދު މިއިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސް، އާއްމުންގެ ދިރިއުޅުމަށް އުނދަގޫވާން ފެށުމުން، އެތައް ބަޔަކު ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ އަށް ނުކުމެފަ އެވެ. ނަތީޖާއެއްގެ ގޮތުން ހުރިހާ ޕާޓީތަކެއް ގުޅިގެން ވެރިކަން ހިންގުމަށް މަގު ފަހިކުރުމުގެ ގޮތުން ކެބިނެޓުގެ ހުރިހާ ވަޒީރުން ރޭ ވަނީ އިސްތިއުފާ ދީފަ އެވެ. ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަޖީތު ކަބްރާލް ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އިސްތިއުފާގެ ސިޓީތައް ރައީސް ގޯޓާބޭ މިއަދު ގަބޫލްކުރައްވައި އާ ކެބިނެޓެއް މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ވަގުތީ ސަރުކާރެއްގައި ބައިވެރިވުމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އިދިކޮޅުން ބޭނުން ވަނީ ރަނގަޅަށް ހިނގައިގަންނާނެ ސިޔާސީ މޮޑެލެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު ރަނގަޅަށް ކުރިއަށް ދެވޭނެ ސިޔާސީ މޮޑަލެއް. އާ ސްރީ ލަންކާއެއް ބިނާކުރެވޭނީ ވަރުގަދަ މުއައްސަސާތަކެއް އުފައްދައިގެން. އެއީ ހަމައެކަނި ލީޑަޝިޕް ބަދަލުވެގެން ވާނެ ކަމެއް ނޫން. ވަގުތީ ސަރުކާރަކުން ވާނެ ކަމަކީ އެތެރޭގެ ތަޅާފޮޅުން ބޮޑުވުން،" ސަޖިތު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ލަންކާގެ ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފި
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ ލަންކާ ސަރުކާރުން ރައްކާތެރިކަން ހޯއްދަވަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ