އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ނަބަވީ ހަދީސެއްގައިވާ ގޮތުން ރޯދަމަސް އައުމުން މާތް ﷲ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި ނަރަކައިގެ ދޮރުތައް ބަންދު ކުރައްވައި އަދި ޝައިތާނުންތައް ކަސްތޮޅު އަޅުއްވާނެ އެވެ. މި ހަދީސްފުޅުގައި މިވާ ޝައިތާނުން ކަސްތޮޅު އެޅުވުމުގެ މާނައަކީ ކޮބައިބާ އެވެ؟ އަދި ޝައިތާނުން ކަސްތޮޅު އެޅިފައިވާ ނަމަ ރޯދަމަހުގައި ކުށްތަކަށް އަރައިގަތުން ފެނިގެން ނުވާނެ ނޫން ހެއްޔެވެ؟ އެކަމަކު އެއާ ހިލާފަށް ކުށްތައް ފެންނަނީ ކީއްވެ ހެއްޔެވެ؟
08 އެޕްރީލް 2022
އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ނަބަވީ ހަދީސެއްގައިވާ ގޮތުން ރޯދަމަސް އައުމުން މާތް ﷲ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި ނަރަކައިގެ ދޮރުތައް ބަންދު ކުރައްވައި އަދި ޝައިތާނުންތައް ކަސްތޮޅު އަޅުއްވާނެ އެވެ. މި ހަދީސްފުޅުގައި މިވާ ޝައިތާނުން ކަސްތޮޅު އެޅުވުމުގެ މާނައަކީ ކޮބައިބާ އެވެ؟ އަދި ޝައިތާނުން ކަސްތޮޅު އެޅިފައިވާ ނަމަ ރޯދަމަހުގައި ކުށްތަކަށް އަރައިގަތުން ފެނިގެން ނުވާނެ ނޫން ހެއްޔެވެ؟ އެކަމަކު އެއާ ހިލާފަށް ކުށްތައް ފެންނަނީ ކީއްވެ ހެއްޔެވެ؟
ބައެއް އިލްމުވެރިން ވިދާޅުވަނީ ކަސްތޮޅު އެޅުމުގެ މުރާދަކީ ޝައިތާނުންގެ ތެރެއިން މާރިދުން އެކަނި ކަސްތޮޅު އެޅުވޭ ވާހަކަ ކަމަށެވެ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ އެއީ އުޑުން އަޑުއެހުމުން ވައްކަން ކުރަމުންދިޔަ ޝައިތާނުންގެ އެ އަމަލު ރޯދަމަހުގެ ރޭގަނޑު ހުއްޓުމުގެ ވާހަކަ ކަމަށެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އޭގެ މުރާދަކީ ރޯދަވެރިން ޝަހުވަތްތައް ކޮންޓްރޯލު ކުރަން ދަސްކުރަމުންދާތީ ޝައިތާނުންގެ ފަރާތުން އަންނަ ވަސްވާސްތަކަށް ހެއްލުން ކުޑަވުމުގެ ވާހަކަ ކަމަށެވެ.
ޝައިތާނުން ކަސްތޮޅު އެޅި ބަންދު ވެފައި ތިއްބަސް ޝައިތާނުންގެ ވަސްވާހުން ސަލާމަތް ވެވޭނީ ފުރިހަމަ ގޮތުގައި ރޯދައިގެ އަޅުކަމާއި އެހެން އަޅުކަންތައް އަދާކޮށް، ރޯދައިން ދަސްވާ އެންމެ ވަރުގަދަ ފިލާވަޅު ކަމަށްވާ ތަގުވާވެރިކަން ހާސިލު ކޮށްގެންނެވެ. އެއީ ސުވަރުގޭގެ ދޮރުތައް ހުޅުވިފައިވީ ނަމަވެސް އެ ދޮރުން ވަނުމަށް މަސައްކަތް ނުކުރާ މީހަކަށް [ހަމައެކަނި ރޯދަމަސް އެ މީހަކާ ކުރިމަތިލުމަކުން] އެ ދޮރަކުން ނުވަދެވޭ ފަދައިންނެވެ.
ރޯދައަކީ އެހެން އަޅުކަންތަކާ ހިލާފަށް އިންސާނާގެ ހަވާ ނަފްސުގެ އެދުންތަކާ އިދިކޮޅަށް ކުރާ ވަރުގަދަ ޖިހާދަކަށް ވުމުން އެދުންތައް ކޮންޓްރޯލު ކުރަން ދަސްކުރެ އެވެ.
ހަގީގަތުގައި ޝައިތާނާ އިންސާނާގެ މައްޗަށް ބާރު ފޯރުވަނީ އިންސާނާގެ ކިބައިގައިވާ އެދުންތަކުގެ މަގުންނެވެ. އެދުންތަކުގެ ކުރިމަތީގައި އިންސާނާ ﷲ ގެ އަމުރުތަކަށް އިސްކަން ދޭން އަދި އެދުންތައް ކޮންޓްރޯލް ކުރަން ރޯދައިން ދަސްކުރެވިދާނެ އެވެ.
މި ބަޔާންކުރި ކަންކަން މި ގޮތަށް ހިނގާ ނަމަ ޝައިތާނާ އެ ވަނީ އެ ސޮރުގެ އަމަލުތަކުން ކަސްތޮޅު އެޅިފަ އެވެ.
ވީމާ ރޯދަމަހު ޝައިތާނާގެ ބާރެއް ނުފޯރައި އެ ސޮރު ކަސްތޮޅު އެޅިގެން ވަނީ އެ މީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށް ގަދަވެގެންވާ މީހުންގެ ކުރިމަތީގަ އެވެ. ރޯދަމަސް އައީތީވެ ޝައިތާނުގެ ވަސްވާހުން އެއްކިބާވާނެ ކަމުގެ އުއްމީދީ ނަޒަރަކުން ބަލަން ޖެހޭނީ ތިމާ ފުރިހަމަ ގޮތުގައި ﷲ އަށް ހާލިސްކޮށް، ރޯދަހިފައި، ރޯދައިގެ ސަބަބުން ލިބޭ އެހެން ފައިދާތައް ހޯދައި ގަތުމަށް މަސައްކަތް ކުރުމާއެކު އެވެ. އެހެން ނޫން ނަމަ ޝައިތާނުންތައް ކަސްތޮޅުއެޅުއްވިގެން ނުވާނެކަން ހަނދާން ކުރަން ޖެހޭނެ އެވެ.
• ރޯދަމަސް އައީތީވެ ޝައިތާނުގެ ވަސްވާހުން އެއްކިބާވާނެ ކަމަށް ބަލައި، ރޯދަ އިން ތަގުވާވެރިކަން ހާސިލުކުރަން މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތް ނުކުރެވޭތީ އެވެ.
• ޝައިތާނާގެ ވަސްވާހުގެ އިތުރަށް ނަފްސު ތަޒުކިޔާ ނުވެ ނަފްސުގައި ކިލަނބުކަން ހުރެއްޖެ ނަމަ ޝައިތާނާގެ ވަސްވާހަށް ޖާގައެއް ނެތަސް ނުބައި އަމަލުތައް ކުރަމުން ގެންދެވޭނެތީ އެވެ. މި ދަރަޖަ އަށް ނަފްސު ދުއްވާލުމުގައި ކުރިން ޝައިތާނާ ކޮށްފައިވާ މަސައްކަތް ވެސް ހިމެނޭނެ އެވެ.
ވީމާ ރޯދަމަހު ޝައިތާނާ ކަސްތޮޅު އެޅުވިފައި ވުމުން މަންފާ ލިބޭނީ ވަސްވާސްތަކުން ދުރުހެލިވެ ތަގުވާވެރިވުމަށް މަސައްކަތް ކޮށްގެންނެވެ. މިކަން ރޯދަމަހުގައި އެހެން މަސްމަހަށް ވުރެ ފަސޭހަވާނެ އެވެ.
ހަގީގަތުގައި ރޯދަމަހުގައި ނަރަކައިގެ ދޮރުތައް ވެސް ބަންދުވަނީ ހެއްދެވިހާ ނުބައި އަމަލުތަކެއް ކުރާ މީހާ ވެސް ނަރަކައިން ސަލާމަތް ވެވޭ ގޮތަކަށް ނޫނެވެ. އެހެން ނޫން ނަމަ އެއްވެސް އިންސާފެއް ނޯންނާނެ އެވެ. އެކަމަކު އެހެން މަސްމަހަށް ވުރެ ރޯދަމަހުގައި ނަރަކައިން ސަލާމަތްވާން އޮންނަ ފުރުސަތު ފަހިވަނީ އެވެ.
ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫނުކުރާތި!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
ރޯދައިގެ ސަވާބު އިތުރުވާނީ ފިތުރު ޒަކާތާއެކު!
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!
ނައިފަރުގައި ފަސް ކުދިން އިމާމުވެ ދަމުނަމާދު ކުރަނީ
ލައިލަތުލްގަދްރި ވިލޭރޭ ހާއްސަ ވަނީ ކީއްވެ؟
އާޔަތުލް ކުރްސީގެ މަތިވެރިކަމާއި ބާރު
ނަމާދަށް ފަރުވާތެރިވާން އާދަކުރަން ރަނގަޅު ފުރުސަތެއް
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟