Roadha Mihaaru

ޓްރަމްޕުގެ ދަރިކަނބަލުންނާ ދިމާކޮށްލި މީހަކު ފްލައިޓުން ބާލުވައިފި

ނިއު ޔޯކް (ޑިސެމްބަރު 23) - އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނަބަލުން އިވާންކާ ޓްރަމްޕާ ދިމާކޮށްލި ޕަސިންޖަރަކު ޖެޓްބްލޫގެ ފްލައިޓަކުން ބާލުވައިފި އެވެ.

އިވާންކާއާ ދިމާކޮށްލި މީހަކު ފްލައިޓުން ބާލުވައިފި
ހަސަން އާމިރު
ހަސަން އާމިރު

23 ޑިސެމްބަރ 2016

ނިއު ޔޯކް (ޑިސެމްބަރު 23) - އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނަބަލުން އިވާންކާ ޓްރަމްޕާ ދިމާކޮށްލި ޕަސިންޖަރަކު ޖެޓްބްލޫގެ ފްލައިޓަކުން ބާލުވައިފި އެވެ.

ނިއު ޔޯކުގެ ޖޭއެފްކޭ އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފްލައިޓުގައި ހުރި ޕަސިންޖަރު ވަނީ "ކަލޭ ބައްޕަ ގައުމު ހިންގަނީ" ކަމަށް ބުނެ ފްލައިޓުގައި އަޑުގަދަކޮށްފަ އެވެ. އަދި އިވާންކާ ދަތުރު ކުރަން ޖެހޭނީ ޕްރައިވެޓް ފްލައިޓެއްގައި ކަމަށް ވެސް އެ މީހާ ބުނި ކަމަށްވެ އެވެ. މަންޒަރު ދުށް މީހުން ބުނީ އެ މީހާގެ ވާހަކަތަކަށް އިވާންކާ އެއްވެސް ސަމާލު ކަމެއް ނުދޭ ކަމަށެވެ.

ފްލައިޓުގައި އަޑުގަދަ ކުރި މީހާ އަށް އިވާންކާ ސަމާލުކަން ނުދޭ ކަމަށް އެހެން ފަސިންޖަރުން ބުނި.

ފްލައިޓުގައި އަޑުގަދަ ކުރި މީހާ އަށް އިވާންކާ ސަމާލުކަން ނުދޭ ކަމަށް އެހެން ފަސިންޖަރުން ބުނި.

ޖެޓްބްލޫން ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމަރަކު ފްލައިޓްގައި ހަމަނުޖެހުން އުފައްދާ ކަމަށް ކްރޫންނަށް ފާހަގަ ކުރެެވޭ ނަމަ އެ މީހަކު ފްލައިޓުން ބާލާނެ ކަމަށެވެ. އަދި ހާއްސަކޮށް ފްލައިޓް ނައްޓާލުމަށް ފަހު އެ މީހެއްގެ މައްސަލަ ބޮޑުވެދާނެހެން ހީވާނަމަ ފްލައިޓުން ބާލާނެ ކަމަށެވެ. އަދި ފްލައިޓުން ބޭލި ޕަސިންޖަރު އެހެން ފްލައިޓެއްގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސި ކަމަށް ވެސް އެއާލައިނުން ބުނެފައިވެ އެެވެ.

އެެމެރިކާގެ ސީކްރެޓް ސާވިސް އިން ބުނީ އިވާންކާ ދަތުރު ކުރި ފްލައިޓުގައި ސީކްރެޓް ސާވިސްގެ އެޖެންޓުން ތިބި ކަމަށެވެ.

އިވާންކާ ދަތުރު ކުރެއްވީ ފްލޮރިޑާގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރައްވަން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފައިވެ އެވެ. ޑޮނަލްޑް ޓްރަމްޕް ވެސް މިހާރު ގެންދަވނީ ފްލޮރިޑާގައި އޭނާގެ އަމިއްލަ ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވަމުންނެވެ.