ހެމްބާގު (ޖުލައި 8) - ޖަރުމަނުގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ކުޑަ ވަގުތު ކޮޅަކަށް ބޭރަށް ވަޑައިގަންނަވަން ޖެހުމާ އެކު އެމަނިކުފާންގެ ގޮނޑި ދަރިކަނބަލުން އިވަންކާ ފުރުއްވައިފި އެވެ.
08 ޖުލައި 2017
ހެމްބާގު (ޖުލައި 8) - ޖަރުމަނުގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ކުޑަ ވަގުތު ކޮޅަކަށް ބޭރަށް ވަޑައިގަންނަވަން ޖެހުމާ އެކު އެމަނިކުފާންގެ ގޮނޑި ދަރިކަނބަލުން އިވަންކާ ފުރުއްވައިފި އެވެ.
ޓްރަމްޕް ސަމިޓުން ބޭރަށް ވަޑައިގެންނެވީ އިންޑޮނީޝިއާގެ ރައީސްއާ ބައްދަލު ކުރެއްވުމަށެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަޑައިގެން ވަނީ ސަމިޓުގައި ބައިވެރިވެވަޑައިގެންފަ އެވެ. ޓްރަމްޕް އިންނެވީ އިނގިރޭސި ބޮޑު ވަޒީރާއި ޗައިނާގެ ރައީސްގެ މެދުގަ އެވެ.
އިވަންކާ އަކީ ޓްރަމްޕުގެ އެޑްވައިޒަރެކެވެ. ނަމަވެސް ގައުމެއްގެ ލީޑަރަކު ވަޑައިގެން ނެތް ހާލަތްތަކުގައި އާއްމުގޮތެއްގައި ލީޑަރުގެ ގޮނޑި ފުރުއްވަނީ ސަރުކާރުގެ ވަރަށް މަތީ އޮފިޝަލެކެވެ.
ޖީ20 ސަމިޓުގައި ދުނިޔޭގެ ވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސްގެ ގޮނޑިކޮޅުގައި އިވަންކާ.
ޓްރަމްޕުގެ ގޮނޑީގައި އިވަންކާ އިންނެވި މަންޒަރު ވަނީ ރަޝިޔާގެ އޮފިޝަލަކު ޓްވީޓްކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައިފަ އެވެ.
ޓްރަމްޕުގެ ގޮނޑީގައި އިވަންކާ އިންނެވުމުން ސޯޝަލް މީޑިއާ އިން ދަނީ ފާޑުކިޔަމުންނެވެ. އެހާ ސީނިއާ ޑިޕްލޮމެޓިކް ބައްދަލުވުމެއްގައި ދުނިޔޭގެ އެންމެ ވަރުގަދަ ލީޑަރުންނާ އެކު އެމެރިކާގެ ރައީސްގެ ބަދަލުގައި އިވަންކާ އިންނަވަން ޖެހޭ ހައިސިއްޔަތާ މެދު ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ޖީ20 ސަމިޓުގައި އަންހެން ވިޔަފާރިވެރިންގެ ޕެނަލް ބައްދަލުވުމެއްގައި ދުނިޔޭގެ ލީޑަރުންނާ އެކު ޓްރަމްޕް ވިދާޅުވީ ދަރިކަނބަލުން އިވަންކާއާ މެދު ފަޚުރުވެރިވާ ކަމަށެވެ.
އިވަންކާގެ ފިރިކަލުން ޖާރެޑް ކުޝްނާ އަކީ ވެސް ވައިޓްހައުސްގައި ނުފޫޒުގަދަ ފަރާތެކެވެ.
ދެ ރައީސުންގެ ދަރިންގެ މެދުގައި މިހާރު ގާތްކަމެއް ނެތް
އިވަންކާގެ އިންޑިއާ ދަތުރުން މަޖާ ފޮޓޯތަކެއް
އިވަންކާގެ ފެޝަން ކުންފުނީގައި ބަންދު ބޯޑު
ސީރިއާ އަށް ހަމަލާ ދިނުމުގެ ބާރަކަށްވީ އިވާންކާ
އިވަންކާގެ ހެދުން ކަލެކްޝަނަށް ބޮއިކޮޓްކުރަނީ
އިވާންކާއާ ދިމާކޮށްލި މީހަކު ފްލައިޓުން ބާލުވައިފި
ފަސްޓް ލޭޑީއެއްގެ ރޯލު ޓްރަމްޕުގެ ދަރިކަނބަލުންނަށް!
ހޮންޑިއުރަސްގެ ކުރީގެ ރައީސަށް ޓްރަމްޕު މާފު ދީފި
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް