ނިއު ޔޯކް (ޑިސެމްބަރު 18) - ބައްޕާފުޅުގެ ސަރުކާރުގައި ފަސްޓް ލޭޑީއެއްގެ ރޯލު އަދާކުރައްވާނީ ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ކަމަށް ބެލެވެން ފަށައިފި އެވެ.
18 ޑިސެމްބަރ 2016
ނިއު ޔޯކް (ޑިސެމްބަރު 18) - ބައްޕާފުޅުގެ ސަރުކާރުގައި ފަސްޓް ލޭޑީއެއްގެ ރޯލު އަދާކުރައްވާނީ ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ކަމަށް ބެލެވެން ފަށައިފި އެވެ.
ވެރިކަމާ ހަވާލުވުމުގެ އިންތިޒާމްތައް ހަމަޖައްސާ ޓްރަމްޕުގެ ޓީމުން މހާރު ވަނީ ވައިޓްހައުސްގައި "ފަސްޓް ފެމިލީ އޮފީހެއް" ގާއިމް ކުރަން ނިންމައިފަ އެވެ. މި އޮފީސް ގާއިމްކުރާނީ ފަސްޓް ލޭޑީގެ އޮފީސް މިހާރު ވެސް ހުންނަ ވައިޓް ހައުސްގެ އީސްޓް ވިންގުގަ އެވެ.
ޓްރަމްޕާއި އޭނާގެ ދަރިކަނބަލުން އިވާންކާ
ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕު ވެސް ވައިޓްހައުސްގައި މުހިންމު ރޯލެއް އަދާކުރައްވާނެ އެވެ. ވެރިކަމުގެ ފުރަތަމަ ކޮޅު ވައިޓްހައުސްގައި ހޭދަކުރެއްވުމުގެ ބަދަލުގައި މެލަނިއާ ވަނީ ހަގު ދަރިކަލުންގެ ސްކޫލް އަހަރު ނިމެންދެން ނިއު ޔޯކުގައި، ޓްރަމްޕް ޓަވަރުގައި ދިރިއުޅުއްވުމަށް ނިންމަވައިފަ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕުގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ ހުރިހާ ކަމެއްގެ އެންމެ އިސް ދައުރެއް އަދާކުރައްވާނީ އިވާންކާ އެވެ. އެކަމަކު ޓްރަމްޕުގެ ތަރުޖަމާން ހޯޕް ހިކްސް ވިދާޅުވީ ސަރުކާރުގައި އިވާންކާގެ ދައުރާ ބެހޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އިވާންކާ ޓްރަމްޕާއި އޭނާގެ ފިރިމީހާ ޖާރެޑް ކުޝްނާ
އިވާންކާ އާއި އޭނާގެ ފިރިކަލުން އަދި ވިޔަފާރިވެރިޔާ ޖާރެޑް ކުޝްނާ ވަނީ ރިޔާސީ ކެމްޕޭނުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އެ ދެބޭފުޅުން ދަނީ ގިނަ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަމުންނެވެ. އިވާންކާ އާއި ކުޝްނާ މިހާރު ދަނީ އެ މީހުން ދިރިއުޅެން ވޮޝިންޓަނުން ގެއެއް ހޯދަމުން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޓްރަމްޕް ވަނީ ވެރިކަމުގައި ހޭދަކުރައްވާ މުއްދަތުގައި އޭނާގެ ވިޔަފާރި ބަލަހައްޓާނީ ދޮށީ ބޭފުޅުން ކަމަށްވާ ޑޮނަލްޑް ޖޫނިއާ، އެރިކް އަދި އިވާންކާ ކަމަށް ވިދާޅުވެފަ އެވެ.
އިވާންކާ ޓްރަމްޕް
އެމެރިކާގައި 1967 ވަނަ އަހަރު ފާސްކުރި ގާނޫނުގެ ދަށުން ވެރިކަމުގައި ހުންނަ މީހަކު ނުވަތަ ސަރުކާރުގެ އެހެން ވަޒީފާއެއްގައި ހުންނަ މީހަކު ވިޔަސް އެ މީހެއްގެ ތިމާގެ މީހަކަށް ވަޒީފާދީ ޕްރޮމޯޓް ކޮށްގެން ނުވާނެ އެވެ. ޓްރަމްޕުގެ އިސް އެޑްވައިޒަރު ކެލީއާނީ ކޮންވޭ ވިދާޅުވެފައި ވަނީ އެ ގާނޫނު މާނަކުރަނީ ކެބިނެޓް މެންބަރުންނަށް ކަމަށާއި ވައިޓްހައުސްގެ ވެސްޓް ވިންގަށް މަގާމުތައް ހަމަޖެއްސުމުގައި އެ ގާނޫނު އިސްތިސްނާވާ ކަމަށެވެ. ސަބަބަކީ ރައީސްގެ ސްޓާފުން ހަމަޖެއްސުމުގެ އިޚްތިޔާރު ރައީސް އަށް ލިބިގެންވާތީ ކަމަށެވެ.
ދެ ރައީސުންގެ ދަރިންގެ މެދުގައި މިހާރު ގާތްކަމެއް ނެތް
އިވަންކާގެ އިންޑިއާ ދަތުރުން މަޖާ ފޮޓޯތަކެއް
ޓްރަމްޕުގެ ކެމްޕޭނުގައި ރަޝިޔާގެ ނުފޫޒެއް ނެތް: ރިޕޯޓް
އިވަންކާގެ ފެޝަން ކުންފުނީގައި ބަންދު ބޯޑު
ޓްރަމްޕުގެ އެޑްވައިޒަރު ތަހުގީގަށް އިތުރުފުޅު ހައްދަވައިފި
ޓްރަމްޕުގެ ކެމްޕޭން މެނޭޖަރަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް
ޖީ20 ސަމިޓުގައި ޓްރަމްޕުގެ ގޮނޑިއަށް ދަރިކަނބަލުން
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ
އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން އާ ބޭފުޅަކު