ވައްކަމާއި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިން 92 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު، މިސްކިތަކުން ޖޫސް ކޭހެއް ވަގަށް ނަގައިގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
15 އެޕްރީލް 2022
ވައްކަމާއި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިން 92 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު، މިސްކިތަކުން ޖޫސް ކޭހެއް ވަގަށް ނަގައިގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މާލޭގެ މިސްކިތަކުން ވައްކަންކޮށްގެން ހައްޔަރުކުރީ އަނަފް އަބްދުﷲ، 22 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ބުދަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އޭނާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، ޖޫސް ކޭސް ވަގަށް ނެގި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާއިރު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވެސް އެކަމަށް އިއުތިރާފްވެފަ އެވެ.
އެހެންވެ، އޭނާ ބަންދުގައި ބަހައްޓަން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މީގެ ކުރިން 92 ފަހަރެއްގެ މަތިން ހައްޔަރުކުރި އެ މީހާގެ ބަންދު ލޮގްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ގޯތި ގެދޮރާއި ފިހާރައަކުން ވައްކަން ކުރުމުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ފަރުވާގެ ފުރުސަތު ބޭނުންވާ ކަމަށާއި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ވެސް އެދިފަ އެވެ. އެކަމަކު އޭނާ ބަންދުން ދޫކޮށްލަން ކޯޓުގައި ފުލުހުން ވަނީ އިއުތިރާޒުކޮށްފަ އެވެ.
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ވަކީލުންގެ ފުރުސަތު ނުދީ ބަންދު ޖެހުމުގެ ކަންބޮޑުވުން
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ކުށްކުރި ކަމަށް ގަބޫލުކުރެވޭވަރަށް މުއާޒާ ދެކޮޅަށް ހެކި
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
އެޕާޓްމަންޓުން ފެނުނު ޑްރަގާ ހަވާލުވީ ފައެނާގެ ފިރިމީހާ
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު