މަހުޖަނު އީލޮން މަސްކް ޓްވިޓާ ގަތުމަށް ހުށަހަޅާފައި ވާތީ، އޭނާ އަށް ހުރަސްއެޅުމުގެ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން "ހިއްސާދާރުންގެ ހައްގުތަކުގެ ޕްލޭން"ގެ ނަމުގައި އާ އުސޫލެއް ހަދައިފި އެވެ.
މަހުޖަނު އީލޮން މަސްކް ޓްވިޓާ ގަތުމަށް ހުށަހަޅާފައި ވާތީ، އޭނާ އަށް ހުރަސްއެޅުމުގެ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން "ހިއްސާދާރުންގެ ހައްގުތަކުގެ ޕްލޭން"ގެ ނަމުގައި އާ އުސޫލެއް ހަދައިފި އެވެ.
ޓްވިޓާގެ ޑިރެކްޓަރުންގެ ބޯޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ އުސޫލެއް ހަދަން ޖެހުނީ އެއްވެސް ހަމައެއްލަމައެއް ނެތި އެ ކުންފުނި ގަންނަން މީހަކު ހުށަހަޅާފައި ވާތީ ކަމަށެވެ.
ވިޔަފާރީގެ ދުނިޔޭގައި "ޕޮއިޒަން ޕިލް"ގެ ނަން ދީފައިވާ އެ އުސޫލުގައިވާ ގޮތުން، ހިއްސާދާރަކު ކުންފުނީގެ ކޮންޓްރޯލް ނަގަން އުޅޭނެ ނަމަ، އޭނާ އަށް އިތުރަށް އެއްވެސް ހިއްސާއެއް ނުގަނެވޭ ގޮތަށް ހެދިދާނެ އެވެ. އަދި އޭނާ ފިޔަވާ ދެން ތިބޭ އެހެން ހިއްސާދާރުންނަށް ޑިސްކައުންޓަކާ އެކު އިތުރު ހިއްސާ ގަނެވޭނެ ގޮތް ވެސް ހެދޭނެ އެވެ.
ޓްވިޓާގެ ސީއީއޯ ޕަރަގް އަގަރްވާލް ކުރިން ވިދާޅުވީ، އެ ކުންފުނި ގަތުމަށް އީލޮން ހުށަހެޅި ޕްރޮޕޯސަލްއާ މެދު އަމަލުކުރާނެ ގޮތަކާ މެދު އަދިވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން ޓުވިޓާ އެއްކޮށް ގަންނަން އީލޮން ހުށަހަޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ގާތްގަނޑަކަށް 48 ބިލިއަން ޑޮލަރެވެ. އަދި އަގު ދައްކާނީ ނަގުދު ފައިސާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް 9.2 ޕަސެންޓާ އެކު ޓުވިޓާގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އީލޮން، އެ ސޯޝަލް މީޑިއާ ކުންފުނި އޭނާ އަށް ވިއްކާލަން އެދިވަޑައިގަތީ، އެއީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ޖެހޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ އެވެ.
އީލޮން އަށް އެ ކުންފުނި ވިއްކާލައިފި ނަމަ، ޓުވިޓާ ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. މިހާރު އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ.
އީލޮން މަސްކަަށް ޓްވިޓާ ވިއްކާލަން ނިންމައިފި: ރިޕޯޓް
ފާޑުކިޔުމަށްފަހު މަސްކް ޓުވިޓާގެ ހިއްސާތަކެއް ގަނެފި
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރު ނަގާނަން: މަސްކް