ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭއަށް އެ ގައުމުގެ ނޭވީ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
18 އެޕްރީލް 2022
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭއަށް އެ ގައުމުގެ ނޭވީ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރާ އެ ސާވޭ، މި މަހު 21 އިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދެވެ. މިދިޔަ އަހަރު ވަނީ ހދ. ކުޅުދުއްފުށީގެ ސަރަހައްދުގައި އޭގެ ސާވޭއެއް ކޮށްފަ އެވެ.
އެމްއެންޑީއެފުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ސާވޭ ކުރުމަށް އިންޑިއާގެ މަނަވަރު "ސަތުލެޖް"ގައި ރާއްޖެ އަށް ޒިޔާރަތްކުރި ސާވޭ ޓީމުގެ ފަރާތުން މިއަދު ކޯސްޓްގާޑުގެ ކޮމަންޑާރު ކާނަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކައުންޓާ ޓޭރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑްގެ ސީނިއާ ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސާވޭކުރުމަށް އިންޑިއާ އިން އައި ޓީމް އެމްއެންޑީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްއެންޑީއެފް
މި ސާވޭގެ ސަބަބުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ކަނޑުމަތީގެ އެކްސިޑެންޓުތައް މަދުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ވެސް ލިބޭނެ ކަމަށާއި ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށާއި ކޯސްޓަލް މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ވެސް ލިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
- 2007 އާއި 2009 ގައި ވެސް އިންޑިއާއާ ގުޅިގެން ހައިޑްރޮގްރެފިކް ސާވޭތައް ހެދި.
- ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓުތައް އަޕްޑޭޓްކުރުމުގައި މާލެ އާއި އައްޑޫ ސަރަހައްދުގެ ޗާޓުތަކެއް ހެދި.
- 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވިއިރު އަނެއްކާ ވެސް އެ ކަހަލަ ސާވޭއެއް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި.
- މިދިޔަ އަހަރު ކުޅުދުއްފުށީގެ ސަރަހައްދުގައި ސާވޭތައް ހެދި.
- ކުޅުދުއްފުށި ސަރަހައްދުން ލާޖް ސްކޭލް ޗާޓަކާއި އެއަށް ވުރެ ބޮޑު ސަރަހައްދަކަށް މީޑިއަމް ޗާޓެއް ވެސް ހެދި.
"މޯލްޑިވްސް ހައިޑްރޮގްރެފިކް ސާވިސް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖެނުއަރީ މަހު 19 ގައި އުފައްދަވައިފަ އެވެ.
އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރެފީގެ ސަވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. ހައިޑްރޯގްރެފީ އަކީ ކަނޑުތަކާއި ކޯރު ފަދަ ތަންތައް ދިރާސާކޮށް، އެ ތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"
އިންޑިއާސިފައިން ދޯނިތަކަށް އެރި ސަބަބު ހޯދަން އެދިއްޖެ
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި