Roadha Mihaaru
ޖެނިފާ އެނިސްޓަނަށް ރަނގަޅަށް ނުނިދޭތާ އެތައް އަހަރެއް

ޖެނިފާ އެނިސްޓަނަށް ރަނގަޅަށް ނުނިދޭތާ އެތައް އަހަރެއް ވެއްޖެ

20 އެޕްރީލް 2022

އެމެރިކާގެ މަޝްހޫރު ހިޓް ކޮމެޑީ ޝޯ "ފްރެންޑްސް" އިން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓްރެސް، ޖެނިފާ އެނިސްޓަން އަކީ ނިދުމުގައި އުނދަގޫތަކެއް ތަހައްމަލުކުރަމުން ދާ މީހެއް ކަމަށާއި ރަނގަޅަށް ނުނިދޭތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ހިޓް ކޮމެޑީ ޝޯ "ފްރެންޑްސް" އިން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓްރެސް، ޖެނިފާ އެނިސްޓަން އަކީ ނިދުމުގައި އުނދަގޫތަކެއް ތަހައްމަލުކުރަމުން ދާ މީހެއް ކަމަށާއި ރަނގަޅަށް ނުނިދޭތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 53 އަހަރުގެ ޖެނިފާ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އަށް ނިދަން އުނދަގޫވާތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

"އެންމެ ފުރަތަމަ ނިދުމަށް އުނދަގޫވާން ފެށިއިރު، އުމުރުން 30 އަހަރު ވެސް ނުވާނެ. އެކަމަކު ނިދަން އުނދަގޫވާ ކަމުގެ އަސަރުތައް ޒުވާން އުމުރުގައި އެހާ ފަސޭހައިން ނޭނގޭނެ،" އޭނާ ކިޔައިދިނެވެ.

ޖެނިފާ ބުނީ ނިދަން އުނދަގޫވުމުގެ ސަބަބުން "ސްލީޕް އެންޒައިޓީ" އުފެދުނު ކަމަށެވެ. އެކަމާ މެދު ވިސްނަން ފަށާއިރަށް ވަރަށް ކަންބޮޑުވާ ކަމަށާއި އެކަމާ ހުރެ ވެސް މީހާ އަށް ނުނިދޭ ކަމަށެވެ.

އޭނާގެ "ސްލީޕް އެންޒައިޓީ" މިހާރު އިތުރަށް ގޯސްވެ، އިންސޮމްނިއާ އަށް ބަދަލުވެފައިވާ ކަމަށް ވެސް ބުންޏެވެ.

އޭނާގެ ހާލަތު އިތުރަށް ގޯސްވާތީ، ވަރަށް ފަހުން އިންސޮމްނިއާ އަށް އެހީއެއް ހޯދުމަށް އެ ކަމާބެހޭ މާހިރަކާ ވެސް ވާހަކަދެއްކި ކަމަށް ބުންޏެވެ. އަދި އެއަށް ފަހު އެކި ކަހަލަ އުކުޅުތައް ދަސްކޮށްފައިވާ ކަމަށެވެ. އަދި ޖެނިފާ ބުނީ، ނިދުމުގެ ކުރިން އޭނާ ޔޯގާ ހަދައި، ސްޓްރެޗްކޮށް އުޅުމުން ނިދުމަށް ކޮންމެ ވެސް ވަރަކަށް ފަސޭހަވާ ކަމަށެވެ.