Roadha Mihaaru
"ފްރެންޑްސް" ގެ ފޭނުންނަށް ކްރޫޒް ދަތުރެއް

"ފްރެންޑްސް" ގެ ފޭނުންނަށް ކްރޫޒް ދަތުރެއް

21 ޖޫން 2021

މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ފޭނުންނަށް އަހަރުތަކެއް ފަހުން ލިބުނު އުފަލަކީ އެ ސީރީޒްގެ ކުރީގެ ކާސްޓުންނާ އެކު މިދިޔަ މަހު "ރީޔުނިއަން" އެޕިސޯޑެއް ބަލައިލުމެވެ. އަނެއްކާ ވެސް މިއޮތީ "ފްރެންޑްސް" ގެ ފޭނުންނަށް ވަރަށް ހާއްސަ ކަމެކެވެ. މި ފަހަރު ފޭނުންނަށް މި ދެނީ ހަފުތާއަކަށް ކްރޫޒް ދަތުރަކަށް ނުކުތުމުގެ ފުރުސަތެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ފޭނުންނަށް އަހަރުތަކެއް ފަހުން ލިބުނު އުފަލަކީ އެ ސީރީޒްގެ ކުރީގެ ކާސްޓުންނާ އެކު މިދިޔަ މަހު "ރީޔުނިއަން" އެޕިސޯޑެއް ބަލައިލުމެވެ. އަނެއްކާ ވެސް މިއޮތީ "ފްރެންޑްސް" ގެ ފޭނުންނަށް ވަރަށް ހާއްސަ ކަމެކެވެ. މި ފަހަރު ފޭނުންނަށް މި ދެނީ ހަފުތާއަކަށް ކްރޫޒް ދަތުރަކަށް ނުކުތުމުގެ ފުރުސަތެކެވެ.

"ފްރެންޑްސް" ގެ ކެރެކްޓާތައް ގޮތަށް ހެދުން އަޅައިގެން އެ ސިޓްކޮމްގެ އެކި ހަނދާންތައް ވެސް އާ ކުރެވޭ ގޮތަށާއި އެކި މުބާރާތްތަކުގައި ބައިވެރިގެން ތަފާތު އިނާމު ވެސް ހޯދޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ "ދި ވަން ވެން ދޭ ވެންޓް އޮން އަ ކްރޫޒް" ގެ ނަމުގައި ބާއްވާ މި ދަތުރު އިންތިޒާމުކުރަނީ "ފާނާ" ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަންނަ އަހަރުގެ މެއި 15-21 އަށް ބާއްވާ "ފްރެންޑްސް" ކްރޫޒް ދަތުރު ފަށައިގެން ނިންމާނީ ފްލޮރިޑާގެ ފޯޓް ލޯޑަޑޭލް އިންނެވެ. ދަތުރު އެތަނުން ފަށައި އެނބުރި އަލުން އެ ސިޓީ އަށް ބަނދަކުރާ އިރާ ދާނެ ތަންތަނަކީ ފްލޮރިޑާގެ ކީ ވެސްޓް، މެކްސިކޯގެ ކޮޒްމެލް، ޖޯޖް ޓައުން އަދި ގްރޭންޑް ކޭމޭން އެވެ.

"ފާނާ" އިން ބުނި ގޮތުގައި މި ދަތުރަށް ބޭނުން ކުރަނީ ކްރޫޒްގެ ދާއިރާ އިން އެވޯޑް ވެސް ހޯދާފައިވާ ބިޔަ އުޅަނދު "ސެލެބްރިޓީ އިކްއިނޮކްސް" ގަ އެވެ. އެއީ 2،800 މީހުންގެ ޖާގައިގެ އެއްޗަކަށް ވިޔަސް "ފްރެންޑްސް" ކްރޫޒް ދަތުރު ހުޅުވައިލަނީ 500 މީހުންނަށެވެ.

އަގުތައް އުޅެނީ 1,647-3,049 ޑޮލަރާ ދެމެދުގަ އެވެ.

މި ދަތަރުތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ. މިހާރު ބުކްކުރަން ވެސް ހުޅުވާލާފައިވާ ދަތުރާ ބެހޭ އިތުރު މައުލޫމާތު އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓުން މިހާރު ލިބޭނެ އެވެ.