އަލަށް ރަޖިސްޓްރީކޮށްގެން، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އަންގައިފި އެވެ.
އަލަށް ރަޖިސްޓްރީކޮށްގެން، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އަންގައިފި އެވެ.
ރޭޑިއަންޓުން ބުނީ ރޭޑިއަންޓަކީ ފުޓްބޯޅައިގެ ހަރާކްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓަށް ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.
"އެފްއޭއެމުން ބުނަނީ އެގޮތަށް އެންގީ އޭއެފްސީންނޭ،" ރޭޑިއަންޓްގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވި އެވެ.
ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޭސްބްކް ޕޯސްޓް
އޭނާ ވިދާޅުވީ އެފްއޭއެމުން އެގޮތަށް ނިންމުމުން، ވަކީލުންނާ ވާހަކަ ދައްކައި އާބިޓްރޭޝަން މަރުހަލާއެއްގައި ކުރިއަށް ދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ރޭޑިއަންޓް އުފެއްދީ، ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ތެރެއިންނެނެވެ. ވާސިފް ވިދާޅުވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ތެރެއިން ކްލަބް އުފެދިގެން އަޔަސް މުބާރާތުގައި ވާދަކުރުމަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޝިފާން (ވ) ކުޑައްޓޭ ރޭޑިއަންޓަށް ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ:
އޭނާ ވިދާޅުވިގޮތުގައި އެފްއޭއެމްގެ މެންބަރުކަން ހޯދަން އެ ކްލަބުން ހުށަހަޅައިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
"އެއަށް ޖަވާބެއް ނުދޭތީ މިއަދު އަޅުގަނޑުމެން އެފްއޭއެމްއާ ބައްދަލު ކުރީމަ ބައްދަލުވުމުގައި ބުނީ އޭއެފްސީން މިގޮތަށް އަންގައިފިއޭ. އެކަމަކު އޭއެފްސީން އެގޮތަށް އެންގި ކަމުގެ އެއްވެސް ލިޔުމެއް ވެސް ހިއްސާކޮށްފައެއް ނުވޭ،" ކުރިން ނިއު ރޭޑިއަންޓްގެ ހަރާކްތްތަކުގައި އަދި އެޓީމު ސަސްޕެންޑް ކުރި ފަހުން އިންތިހާބު ކުރި ބޯޑުގައި ވެސް މަގާމެއް އަދާކުރެއްވި ވާސިފް ވިދާޅުވި އެވެ.
އެފްއޭއެމުން އެގޮތަށް އެންގީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެކްލަބުން ތައްޔާރީތައް ފަށާފައި ވަނިކޮށެވެ. ޓީމުގެ ކޯޗަކަށް ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސައި ކުޅުންތެރިން ލައްވައި ސޮއި ކުރުވަން ވެސް އެކްލަބުން ފެށި އެވެ. އެގޮތުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޕާކިސްތާންގެ ގޯލް ކީޕަރު އަބްދުލް ބާސިތު ގަފޫރު ލައްވައި ސޮއި ވެސް ކުރުވި އެވެ.
ވާސިފް ވިދާޅުވީ އިންތިހާބު ބޭއްވުމުގެ ކުރިން ވެސް އެ ކްލަބްގެ ލޯގޯޯ އާ މެދު ވެސް އެފްއޭއެމުން ސުވާލު އުފެއްދި ކަމަށެވެ.
"އޭރު ވެސް ބުނަނީ އޭއެފްސީން މިވެނި ކަމެއް ފާހަގަކޮށްފައި އެބައޮތޭ. އެއްވެސް ލިޔުމެއް ހިއްސާ ނުކުރައްވާ،" ވާސިފް ވިދާޅުވި އެވެ.
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފަސްކޮށްފި
ރޭޑިއަންޓް ސަލާމަތްވުން ވާނީ އުނދަގޫ ދަތުރަކަށް
ރޭޑިއަންޓުގެ ވާހަކަތަކާއެކު ސޯޝަލް މީޑިއާ ފުރާލައިފި
ރޭޑިއަންޓަށް ކުރިއަށްދެވޭނީ ނިއުގެ ދަރަންޏާ ހަވާލުވުމުން
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމު
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހު
ރޮކް ސްޓްރީޓުން ތިން ވަނަ ޑިވިޝަން ކާމިޔާބުކޮށްފި
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
ވިލިމާލޭން ތިން އަހަރުގެ ޗެމްޕިއަން ހުޅުމާލެ ބަލިކޮށްފި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް