25 އެޕްރީލް 2022
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށާއި އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ ސަސްޕެންޑްކުރި އަރަބިއްޔާ ސްކޫލުގެ ޓީޗަރަށް މަސް ދުވަހުގެ މުސާރަ ނުލިބޭނެ ކަމަށް އެންގުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާ އަށް އަންގައިފި އެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށާއި އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ ސަސްޕެންޑްކުރި އަރަބިއްޔާ ސްކޫލުގެ ޓީޗަރަށް މަސް ދުވަހުގެ މުސާރަ ނުލިބޭނެ ކަމަށް އެންގުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާ އަށް އަންގައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރީ ޒަމްޒަމް ފާރިޝްއަކީ ސޯޝަލް މީޑިއާގައި ތަފާތު އެކި ކަންކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ ޓީޗަރެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޒަމްޒަމް ފާރިޝް އަށް ފޮނުވި ލިޔުމުގައި ވަނީ އޭނާ 30 ދުވަހަށް ސަސްޕެންޑްކުރީ މުސާރަ ވެސް ނުލިބޭ ގޮތަށް ކަމަށެވެ.
އެކަމަކު ނިންމުން ބަދަލުކޮށް، ރޭ ކުރި މެއިލްއަކާ ގުޅިގެން ޒަމްޒަމް ކުރި ޓްވީޓެއްގައި ބުނީ މުސާރަ ނުލިބޭނެކަން ކުރިން އެންގި ލިޔުމުގައި ޖެހިފައި ވަނީ އޮޅުމަކުން ކަމަށް މިނިސްޓްރީން ފަހުން ބުނެފައިވާ ކަމަށެވެ.
މިނިސްޓްރީގެ އެ ބަދަލާ ގުޅިގެން އޭނާ ނިންމާފައި ވަނީ 30 ދުވަހުގެ މުސާރައިން ތިންބައިކުޅަ ދެބައި އޭނާ ނިސްބަތްވާ ތ. ކިނބިދު އާއި ބ. އޭދަފުއްޓަށް ސަދަގާތް ކުރާށެެވެ.
އަޅުގަނޑުގެ ދެ ލޯ ފަދަ ލޮބުވެތި ޢަރަބިއްޔާ ސްކޫލަށް ނުނިކުމެވޭ ހެން މުސާރަ ނުލިބޭނޭހެން ވަޒީފާއިން ސަސްޕެންޑުކުރަން ނިންމި ނިންމަށް ބަދަލު ގެނެސްފިއެވެ. މިހާރު އޮތީ މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ގޮތަށެވެ. މިނިސްޓްރީގެ އީމެއިލްގައި ވިދާޅުވެފައިވަނީ މުސާރަ ?
— ZamzamFarish - ޒަމްޒަމް ފާރިޝް (@ZamzamFarish) April 24, 2022
ޒަމްޒަމް ފާރިޝަށް ފޮނުވި ލިޔުމުގައި ކުރިން މިނިސްޓްރީން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް އޭނާގެ އަމިއްލަ އެކައުންޓުން ޓުވީޓް ކޮށްފައިވާ ކަމަށާއި އެއީ ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް އެ ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް، އިރުޝާދުދީ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް ގަރާރުގައި ވެ އެވެ.
އެހެންވެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގައިފަ އެވެ.
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި
ބައެއް މީހުންނަށް ޖަމާކުރި މުސާރަތަކުގައި މައްސަލަ!
މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން އަނެއްކާ ވެސް މަނާ
މުވައްޒަފުން ތަމްރީނު ކުރަން އިންޑިޔާއާ އެކު ސޮއިކޮށްފި
ސައީދުގެ ބަދަލުގައި އެޑިއުކޭޝަނަށް އާ ޕީއެސްއެއް
ވަޒީފާއިން ވަކިކުރި މައްސަލައިގައި ސައީދު ކޯޓަށް ދަނީ
އެޑިއުކޭޝަންގެ ޕީއެސްގެ މަގާމުން ސައީދު ވަކިކޮށްފި
ސައީދު ސަސްޕެންޑްކުރީ މުވައްޒަފުންނަށް އަމަލުކުރިގޮތުން
އެޑިއުކޭޝަންގެ ޕީއެސްގެ ސަސްޕެންޝަން އިތުރުކޮށްފި
އެޑިއުކޭޝަންގެ ޕީއެސް އެއް މަހަށް ސަސްޕެންޑްކޮށްފި