އަންނަ ފިތުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ހަތަރު ގަޑިއިރަށް މަނާކުރަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
27 އެޕްރީލް 2022
އަންނަ ފިތުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ހަތަރު ގަޑިއިރަށް މަނާކުރަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި އީދު ދުވަހު މާލެ އާއި ހުޅުމާލޭގައި ވެސް ހިނގާފައި އުޅޭނެ ވަކި ވަގުތެއް ކަނޑައަޅައިދޭން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އެކަމަކު ކައުންސިލް މެމްބަރުންގެ މެދުގައި އެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވީ، ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި ނަމަ، އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ އެވެ. އެއީ ހުޅުމާލޭ ފޭސް 2 ސަރަހައްދުގައި އަދިވެސް ޒަރޫރީ ކަންކަން ހަމަނުޖެހޭއިރު ވަކި ވަގުތަކަށް ވެހިކަލް ދުއްވުން މަނާކުރިޔަސް އެކަމުގެ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެވެ.
އެ މައްސަލައާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވީ ވެހިކަލް ދުއްވަން ވަކި ވަގުތެއް ހާއްސަ ކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކި މީހުންނަށް ޒަރޫރީ ކަންކަން ޖެހޭނީ އެކި ވަގުތު އެވެ.
އީދު ނަމާދަށް ބަޔަކު ހިނގާފައި ދަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު އެ ހުށަހެޅުން އޭނާ އަނބުރާ ގެންދެވީ ހަމައެކަނި މާލޭގައި ވެހިކަލް ދުއްވުން މަނާކުރާ ވަގުތެއް ކަނޑައެޅުއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ހުށަހެޅުއްވުމުން އެކަމަށް ތާއީދުކުރައްވަ އެވެ.
މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވާތީ އީދު ދުވަހުގެ ހަވީރުގެ ވަގުތު އާއިލާތަކާ އެކު ހަމަޖެހިލައިގެން މަގުމަތީގައި އުޅެވޭނެ ފުރުސަތު ހޯދައިދިނުމަށް ކައުންސިލުން ނިންމީ ހަވީރު 4 އިން ރޭގަނޑު 8 އަށް ވެހިކަލް ދުއްވުން މަނާކުރާ ގޮތަށެވެ.
އެ ނިންމެވުމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތު އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
ވެހިކަލް ބޭނުންކުރެވޭ މުއްދަތު ކަނޑައަޅަން ސާވޭއެއް
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ވަޅު އީދު ދުވަހުގެ ހަވީރު މިހާރު ވެހިކަލް ދުއްވޭނެ
ހުޅުމާލޭގައި ވެސް އީދުދުވަހު ހަވީރު ވެހިކަލް ނުދުއްވޭނެ
އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު ވެހިކަލް މަނާ!
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ