Roadha Mihaaru
އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު ވެހިކަލް މަނާ!

އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

01 ޖޫން 2019

މި އަހަރުގެ ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ދުވަހު ހަވީރު މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި އަހަރުގެ ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ދުވަހު ހަވީރު މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކަލަންޑަރުގައި ވާ ގޮތުން އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ވަޅު އީދު ދުވަހަކީ ބުދަ ދުވަހެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ހަ މެމްބަރުންގެ ވޯޓުން ނިންމީ ސަލާމަތީ ބާރުތަކުގެ ވެހިކަލްތަކާއި އެމްބިއުލާންސް ފަދަ ޒަރޫރީ ވެހިކަލްތައް ފިޔަވައި އެހެން ވެހިކަލްތައް އެ ދެ ދުވަހުގެ ހަވީރު ދުއްވުން މަނާ ކުރުމަށެވެ.

އީދު ދުވަސް އަދި ޖެހިގެން އަންނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމީ މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، އީދުގެ އުފާފާޅު ކުރުމުގެ ބޭނުމުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.

ތަފާތު މުނާސަބަތުތަކާ ގުޅިގެން މީގެ ކުރިން ވެސް މާލޭގައި ވަކި ވަގުތުތަކެއް ވަންދެން ވެހިކަލް ދުއްވުން މަނާކުރެ އެވެ. އޭގެ ބޭނުމަކީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.