28 އެޕްރީލް 2022
ދުނިޔޭގެ ބާޒާރުގައި އަސްލު ނުވަތަ ނެޗުރަލް ޑައިމަންޑް އަނގޮޓީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ޑައިމަންޑް ގޮތަށް ހަދާފައިވާ މޭން މޭޑް ޑައިމަންޑް އަނގޮޓީގެ ވިޔަފާރި އަށް މާ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އިންޑަސްޓްރީގެ އެނަލިސްޓުން ބުނެފި އެވެ.
ދުނިޔޭގެ ބާޒާރުގައި އަސްލު ނުވަތަ ނެޗުރަލް ޑައިމަންޑް އަނގޮޓީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ޑައިމަންޑް ގޮތަށް ހަދާފައިވާ މޭން މޭޑް ޑައިމަންޑް އަނގޮޓީގެ ވިޔަފާރި އަށް މާ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އިންޑަސްޓްރީގެ އެނަލިސްޓުން ބުނެފި އެވެ.
ޑައިމަންޑް އިންޑަސްޓްރީގެ މަޝްހޫރު އެނަލިސްޓެއް ކަމަށްވާ އީޑަން ގޯލަން ސީއެންއެން އަށް ބުނި ގޮތުގައި މިދިޔަ މާޗު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޭން މޭޑް ޑައިމަންޑް ބޭނުންކޮށްގެން ހަދާފައިވާ އަނގޮޓީގެ ވިޔަފާރި، މިދިޔަ އަހަރަށް ވުރެ 63 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
އެ މަހު ނެޗުރަލް ޑައިމަންޑް އަނގޮޓީގެ ވިޔަފާރި ވަނީ 25 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އޭގެ ކުރިން ފެބްރުއަރީ މަހު ނެޗުރަލް ޑައިމަންޓް އަނގޮޓީގެ ވިޔަފާރި 13 ޕަސެންޓްގެ ވެއްޓުމަކަށް ދިޔައިރު، މޭން މޭޑް ޑައިމަންޑްގެ ވިޔަފާރި އަށް ވަނީ 80 ޕަސެންޓްގެ ކުރިއެރުމެއް ލިބިފަ އެވެ.
ގޮލެން ވިދާޅުވި ގޮތުގައި، މޭން މޭޑް ޑައިމަންޑްގެ ވިޔަފާރި އަށް ތަރުހީބު ބޮޑުވަނީއ އެ އަގުހެޔޮވުމުން ކަމަށެވެ. މިދިޔަ މާޗު މަހު އެއް ކެރެކްޓްގެ މޭން މޭޑް ޑައިމަންޑް އަނގޮޓިއެއްގެ އަގު ހުރީ 2،318 ޑޮލަރުގަ އެވެ. އެއީ އަސްލު އަނގޮޓިއަކަށް ވުރެ 73 ޕަސެންޓް ދަށް އަގެކެވެ. އަސްލު އަނގޮޓިއެއްގެ އަގު އާންމުކޮށް އުޅެނީ 8،740 ޑޮލަރަށެވެ.
- މޭން މޭޑް ޑައިމަންޑް އަނގޮޓި އާންމުކޮށް ގަންނަނީ 40 އަހަރުން ދަށުގެ މީހުން.
- ގިނަ މީހުން ބޭނުންވަނީ އަގުހެޔޮކޮށް ގަންނަން.
- މިހާރުގެ ޒުވާނުން ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ވިސްނުންތައް ގެންގުޅޭތީ އަސްލު ޑައިމަންޑް އަނގޮޓި ބޭނުމެއް ނުވޭ.
ރަޝިއާ އާއި ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުން ނެޗުރަލް ޑައިމަންޑް ސަޕްލައިކުރާ ޗެއިންގައި ތާށިތަކެއް އުޅޭތީ އަގުތައް އަދިވެސް އުފުލުން އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ.
ނަސްރީނާ ދެކެ ވާ ލޯބިން އެހެންދިމާއަކަށް ނުބައްލަވާ
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ކައިވެނީގެ ކުރިން ޒާރާގެ އަސަރުގަދަ ލަވައެއް ސިޔާމަށް
ލާނާ ޑެލް ރޭ ކައިވެނިކޮށްފި
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
ސިދާތު އާއި އަދިތީ ކައިވެނިކޮށްފި
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
އާއިލާތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު-1