Roadha Mihaaru
ބީއެމްއެލް އިން ފުރަތަަމަ 3 މަހު 1 ބިލިއަނުގެ ލޯނު

ބީއެމްއެލް އިން ފުރަތަަމަ ތިން މަހު 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި

30 އެޕްރީލް 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދައި އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނާއި ފައިނޭންސް ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދައި އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނާއި ފައިނޭންސް ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ހާމަކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި ވަނީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައިފަ އެވެ.

މި ނިމުނު ކުއާޓާގައިގައި ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ ކުއާޓައާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓައާ އަޅާބަލާއިރު މިއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ކުރިއެރުމާ އެކު، ޓެކްސް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު 18 ޕަސެންޓް މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ވުރެ 55 ޕަސެންތް އިތުރެވެ.

ބީއެމްއެލް އިން ބުނީ މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިއުމާއި އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޒަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ ކުއާޓާގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ލޯނާއި ފައިނޭންސް ދޫކޮށްފައިވެ އެވެ.

ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން: ސީއީއޯ

ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަން ވެސް ބޭންކުން ފާހަގަކުރެ އެވެ.

"މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑަށްމެންނަށް ލިބުނު އުފަލެއް. ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއާ ހަވާލާދީ ބޭންކުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން."

މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގަ އަންނަނީ ފުޅާކުރަމުންނެވެ. މި ނިމުނު ކުއާޓާގައި ހަތަރު ރަށެއްގައި ސެލްފްސާވިސް ބޭންކިން ހިދުމަތް އަލަށް ތައާރަފްކުރި އެވެ. އަދި ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

ބޭންކުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތާ އެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.