ވިލަރެއާލް (މި 4) - ވިލަރެއާލްގެ މަށްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށް އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ލިވަޕޫލުން ހަދައިފި އެވެ
ވިލަރެއާލް (މި 4) - ވިލަރެއާލްގެ މަށްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށް އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ލިވަޕޫލުން ހަދައިފި އެވެ
ލިވަޕޫލް ވެފައި ވަނީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ސީޒަނެއްގައި، ޔޫރަޕްގެ ފައިނަލެއްގެ އިތުރުން ޑޮމެސްޓިކް ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ލީގު ކަޕްގެ ފައިނަލަށް ވެސް ދަތުރު ކުރި އިނގިރޭސި ފުރަތަމަ ޓީމަށެވެ.
މިއީ ލިވަޕޫލް ގޮވައިގެން ކޯޗު ޔާގަން ކްލޮޕް، ދަތުރު ކުރި ޔޫރަޕްގެ ހަތަރުވަނަ ފައިނަލެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލްގެ ޖާގަ ޔަގީން ކުރުމުން، މިއީ ހަތަރު އަހަރުތެރޭ އެމުބާރާތުގެ ފައިނަލްގައި ލިވަޕޫލުން ކުޅޭ ތިންވަނަ ފަހަރެވެ. ކޮލޮޕްގެ ކޯޗު ކަމުގެ ދަށުގައި ލިވަޕޫލުން އެންމެ ފުރަތަމަ ކުޅުނު ޔޫރަޕްގެ ފައިނަލަކީ، 2016 ގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލެވެ. އެފަހަރުގެ ފައިނަލްގައި ލިވަޕޫލް ބަލިވީ، މިރޭ އެޓީމާ ދެކޮޅަށް ނުކުގް ވިޔަރެއާލްގެ ކޯޗު އުނައި އެމްރީ އޭރު ކޯޗުކޮށްދިން ސެވިއްޔާ އަތުންނެވެ.
ފުރަތަމަ ލެގްގައި ވިޔަރެއާލް އާއި ލިވަޕޫލް އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 2-0 ންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލްއިން ދެ ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑުތައް ޖެހީ ބައުލޭ ޑިއާ އަދި ފްރެންސިސް ކޯކުލިން އެވެ.
ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑުތައް ޖެހީ ހެންރީކޭ ފަބީނިއޯ، ލުއިޒް ޑިއަޒު އަދި ސެޑިއޯ މާނޭ އެވެ.
ފައިނަލުގައި ލިވަޕޫލާ ވާދަކުރާނީ މެންޗެސަޓާ ސިޓީ ނުވަތަ ރެއާާލް މެޑްރިޑްގެ ތެރެއިންޓީމަކާ ދެކޮޅަށެވެ. މިދެޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގް މެޗު މާދަމާ ރޭ އޮންނާނީ މެޑްރިޑްގަ އެވެ. އެ ދެ ޓީމުގެ ފުރަތަމަ ލެގް މެޗު ސިޓީ ކާމިޔާބު ކުރީ 4-3 ންނެވެ.
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ލިވަޕޫލުން ވަކިވާން އުޅޭ ވާހަކަތަކަށް ކްލޮޕް ރައްދުދީފި
ލިވަޕޫލަށް ގޮތް ހުހެއް ނުވޭ: ކްލޮޕް
"ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް"
އިނގިރޭސި ކްލަބްތަކަށް ޔޫރަޕްގައި ފަސޭހަނުވާނެ: ކްލޮޕް