Roadha Mihaaru
ވަޓްސްއެޕް މެސެޖުތަކަށް ރިއެކްޓް ކުރެވޭ ގޮތް ހަދައިފި

ވަޓްސްއެޕް މެސެޖުތަކަށް ރިއެކްޓް ކުރެވޭ ގޮތް ހަދައިފި

07 މެއި 2022

ވަޓްސްއެޕުން ފޮނުވާ މެސެޖުތަކަށް ރިއެކްޓް ކުރެވޭ ގޮތް ހަދައިފި އެވެ.

ވަޓްސްއެޕުން ފޮނުވާ މެސެޖުތަކަށް ރިއެކްޓް ކުރެވޭ ގޮތް ހަދައިފި އެވެ.

ވަޓްސްއެޕްގެ މައި ކުންފުނި މެޓާ އިން ބުނީ މެސެޖުތަކަށް ރިއެކްޓް ކުރުމުގެ އިތުރުން، އެ ޕްލެޓްފޯމުން ދެ ޖީބީގެ ފައިލްތައް ފޮނުވޭނެ ގޮތް ވެސް މިހާރު ހަދާފައިވާ ކަމަށެވެ. ކުރިން ވަޓްސްއެޕުން އެންމެ ބޮޑުވެގެން ފޮނުވެނީ 100 އެމްބީގެ ފައިލްތަކެވެ.

އެ އާ ފީޗާތައް ވަރަށް އަވަހަށް ބޭނުންކުރެވޭނެ ކަމަށް މެޓާ އިން އިއުލާންކުރީ މިދިޔަ މަހު އެވެ. އިއްޔެ އިން ފެށިގެން އާ ފީޗާ ރޯލް އައުޓް ކުރަން ފެށިއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގިނަ ބަޔަކަށް އެ އަޕްޑޭޓް ލިބޭނެ އެވެ.

މި ވަގުތު ރިއެކްޓް ކުރެވޭނީ މެޓާގެ ފޭސްބުކް ގޮތަށް، އެ މީހުން ދީފައިވާ ވަކި ހާއްސަ އީމޯޖީތަތަކުން އެކަންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މީހަކު ބޭނުންވާ ރިއެކްޝަން އީމޯޖީއެއް އިހުތިޔާރުކުރެވޭ ގޮތް ހަދާނެ ކަމަށް ވެސް ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ ގްރޫޕް ޗެޓެއްގައި މީހުން ތިބޭ އަދަދު ވެސް ދެ ގުނަ އިތުރުކުރާނެ ކަމަށް ބުނެފަ އެވެ. ކުރިން ގްރޫޕް ޗެޓެއްގައި އެންމެ ގިނަވެގެން ތިބެވެނީ 256 މީހުންނަށް ވިޔަސް، އެ ބަދަލާ އެކު، 512 މީހުންނަށް ތިބެވޭނެ ކަމަށްވެ އެވެ.