Roadha Mihaaru
އަމިއްލައަށް މެސެޖް ޑިލީޓްވާ ގޮތް ވަޓްސްއެޕަށް ވެސް

އަމިއްލައަށް މެސެޖް ޑިލީޓްވާ ގޮތް ވަޓްސްއެޕުން ވެސް ހަދައިފި

05 އޯގަސްޓް 2021

ވަޓްސްއެޕުން ފޮނުވާ ފޮޓޯ އާއި ވީޑިއޯ އެ ލިބޭ މީހާ އެއް ފަހަރު ބެލުމުން ޑިލީޓްވާ ފީޗާއެއް "ވިއު ވަންސް" ގެ ނަމުގައި ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕުން ފޮނުވާ ފޮޓޯ އާއި ވީޑިއޯ އެ ލިބޭ މީހާ އެއް ފަހަރު ބެލުމުން ޑިލީޓްވާ ފީޗާއެއް "ވިއު ވަންސް" ގެ ނަމުގައި ތައާރަފުކޮށްފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނި ގޮތުގައި މި ފީޗާގެ މައިގަނޑު ބޭނުމަކީ "ސެންސިޓިވް" މައުލޫމާތު ހިމެނޭ އެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޕްރައިވެސީ ހަރުދަނާކޮށް ދިނުމެވެ. ފޮނުވާ ފޮޓޯ އަކީ ޕާސްވޯޑް ކަހަލަ ސިއްރު ހިފަހައްޓަން ޖެހޭ ކަހަލަ މައުލޫމާތެއް ހިމެނޭ އެެއްޗެއް ނަމަ، އޭގެ ރައްކާތެރިކަން މިކަމުން ކަށަަވަރުވާނެ އެވެ.

"ވިއު ވަންސް" މަސައްކަތްކުރާ ގޮތަކީ ފޮޓޯ/ވީޑިއޯ ފޮނުވާ އިރު ސެންޑް ބަޓަންއާ ދިމާލުން "1" އެއް ފިތައިލާނީ އެވެ، އޭރުން އެ ލިބޭ މީހާ އެ ހުޅުވައިގެން ބަލައިފި ނަމަ، އެ ހިސާބުން އެ އެއްޗެއް ޑިލީޓްވާނެ އެވެ. މާނަ އަކީ، އިތުރަށް ބަލާކަށް، ސޭވްކޮށް، ޝެއާކޮށް ނުވަތަ ސްކްރީންޝޮޓެއް ނަގާކަށް ފުރުސަތެއް ނުލިބޭނެ އެވެ. އަދި ހުޅުވައިގެން ބަލައިފި ނަމަ އެ ބެލިކަން ފޮނުވި މީހާ "އޯޕެންޑް" އިން އަންގައި ދޭނެ އެވެ.

މި ގޮތަށް ފޮނުވާ "ވިއު ވަންސް" ކޮންޓެންޓް ނުބަލާ ނަމަ ޗެޓް ލޮގްގައި އިންނާނީ 14 ދުވަހަށެވެ. އޭގެ ފަހުން އެ އެއްޗެއް އަމިއްލަ އަށް ޑިލީޓްވާނެ އެވެ.