Roadha Mihaaru
ޓޭލާސް ވާޝަންގެ އާ ލަވަ އަށް ލޯބި އޮހެނީ

ޓޭލާސް ވާޝަންގެ އާ ލަވަ އަށް ލޯބި އޮހެނީ

07 މެއި 2022

އެމެރިކާގެ އެންމެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ "ދިސް ލަވް"ގެ އާ ވާޝަން "ޓޭލާސް ވާޝަން" އަށް އެތައް ބައެއްގެ ލޯބި ލިބެން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ އެންމެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ "ދިސް ލަވް"ގެ އާ ވާޝަން "ޓޭލާސް ވާޝަން" އަށް އެތައް ބައެއްގެ ލޯބި ލިބެން ފަށައިފި އެވެ.

ސްވިފްޓުގެ ކުރީގެ ރިކޯޑް ލޭބަލް އިން އޭނާގެ ލަވަތައް ނުދިނުމާ ގުޅިގެން އޭނާ އަންނަނީ ކުރީގެ ލަވަތަކުގެ އާ ރެންޑިޝަންތަކެއް ރިލީޒްކުރަމުންނެވެ. އެކި ކަހަލަ ޓިއުންތަކާއި ލިރިކްސްތައް ބަދަލުކޮށްގެން ނެރޭ ލަވަތަކަށް އެތައް ބައެއްގެ ލޯބި ލިބެ އެވެ.

މި ހަފުތާ ބަންދުގައި އޭނާ ވަނީ އޭނާގެ ކްލެސިކް ލަވައެއް ކަމަށްވާ "ދިސް ލަވް"ގެ ޓޭލާސް ވާޝަން ރިލީޒްކޮށްފަ އެވެ. ސްވިފްޓުގެ ފޭނުން، "ސްވިފްޓީސް"ގެ އިތުރުން އެހެން މީހުންނަށް ވެސް ޓޭލާގެ އާ ލަވަ ވަރަށް ކަމުދިޔަ އެވެ.

އެމެޒޮން ޕްރައިމް އިން ނެރުމަށް ހަމަޖެހިފައިވާ އާ ފިލްމު "ދަ ސަމާ އައި ޓާންޑް ޕްރިޓީ"ގެ ޓްރެއިލާގައި ޓޭލާގެ ލަވަ ވަނީ ހިމަނައިފަ އެވެ.

އެއާ އެކު އެ ޓްރެއިލާ އަށް ލިބުނު ސަމާލުކަން ވެސް ވަނީ ބޮޑުވެފަ އެވެ. ޓޭލާ ބުނި ގޮތުގައި، އެ ފިލްމުގައި ޓޭލާގެ ލަވަ ބޭނުންކުރުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ.