Roadha Mihaaru

ގްރޫޕް މާރާމާރީތަކާ ގުޅުން ހުރި ބަޔަކު ވަޅިތަކަކާ އެކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި މި ފަހުން ހިންގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ހުޅުމާލޭގެ ފްލެޓެއް ފާސްކޮށް، ތޫނު ހަތިޔާރާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

މާރާމާރީތަކަށް ތުހުމަތުވާ އިތުރު ބަޔަކު ހައްޔަރުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 މެއި 2022

މާލެ އާއި ހުޅުމާލޭގައި މި ފަހުން ހިންގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ހުޅުމާލޭގެ ފްލެޓެއް ފާސްކޮށް، ތޫނު ހަތިޔާރާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ ފިޔަވަހީގެ ފްލެޓެއް ފާސްކުރިއިރު އެކި ސައިޒްގެ ހަ ވަޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 19 އަހަރާއި 24 އަހަރާއި 25 އަހަރު އަދި 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ގްރޫޕް މާރާމާރީތައް ހިންގުން ވަރަށް ބޮޑަށް ކޮންޓްރޯލްގައި އޮތުމަށްފަހު މި ރޯދައިގެ ފަހުކޮޅު އަނެއްކާ ވެސް ވަނީ މާރާމާރީތައް އިތުރުވެފަ އެވެ. އެ މާރާމާރީތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.