Roadha Mihaaru
ޖަމިއްޔާތަކާބެހޭ އާ ގާނޫނެއް 19 އަހަރު ފަހުން

ޖަމިއްޔާތަކާބެހޭ އާ ގާނޫނެއް 19 އަހަރު ފަހުން

09 މެއި 2022

ޖަމްއިއްޔާތަކުގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، 19 އަހަރު ފަހުން ޖަމިއްޔާތަކުގެ އާ ގާނޫނެއް މިއަދު ވުޖޫދަށް އަތުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަމްއިއްޔާތަކުގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، 19 އަހަރު ފަހުން ޖަމިއްޔާތަކުގެ އާ ގާނޫނެއް މިއަދު ވުޖޫދަށް އަތުވެއްޖެ އެވެ.

މިއަދާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ 2003 ވަނަ އަހަރުން ފެށިގެން އަމަލުކުރި ޖަމިއްޔާތަކާބެހޭ ގާނޫނަށެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި ޖަމިއްޔާތަކާބެހޭ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

ކުރިން އޮންނަ ގޮތުން ޖަމިއްޔާއެއް ސަރުކާރަށް އުވާލެވޭނީ ޖެހިޖެހިގެން ދެ އަހަރު އެއްވެސް ހަރަކާތެއް ނުހިންގުމުން ނުވަތަ ގާނޫނާ ޚިލާފަށް އަމަލު ކުރާތާ ދެ އަހަރުވުމުންނެވެ.

އާ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ނުހިންގާ ހުރި ޖަމިއްޔާތަކާއި ފީ ނުދައްކާ ހުރި ޖަމްއިއްޔާތަކާއި އަހަރީ ރިޕޯޓް ހުށަނާޅާ ޖަމްއިއްޔާތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަދި އެކަންކަން ފުރިހަމަ ނުކޮށްފި ނަމަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ.

އެ ގާނޫނުގެ ދަށުން އެކަން ކުރެވޭނީ ރައީސް އައްޔަން ކުރައްވާ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށެވެ. އެ މަގާމަށް 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ.