Roadha Mihaaru
ސީއެސްސީގެ ރައީސަށް ކުރީގެ ބާރުތައް ދީފި

ސީއެސްސީގެ ރައީސަށް ކުރީގެ ބާރުތައް އަލުންް ދޭ ބިލު ތަސްދީގުކޮށްފި

10 މެއި 2022

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަސްއޫލިއްޔަތުތައް ކުރިން އޮތް ގޮތަށް ބަދަލުކޮށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަސްއޫލިއްޔަތުތައް ކުރިން އޮތް ގޮތަށް ބަދަލުކޮށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައީ ކޮމިޝަނުގެ ރައީސް މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި އެ މަގާމު ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ބަޔާންކޮށްފައިވަނިކޮށް އެކަން އެއްކޮށް އުނިކޮށްފައިވާތީ އެވެ.

ސިވިލް ސާވިސްގެ ގާނޫނޫނަށް ގެނައި މައިިގަނޑު އިސްލާހަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ.

ގެނައި އިސްލާހުތައް:

ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

● ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުންފަދަ ކޮމިޝަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން.

● ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި ޒައާމަތު ގާއިމުކުރުން.

● ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި

● އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

● ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން. އަދި ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް

ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.