10 މެއި 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް، ސަރުކާރުން ދަނީ އެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުއްލިއަކަށް އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތައް އިއުލާނުކޮށް "ވަޒީފާގެ ފޯވައްސެއް" ކުރިއަށް ގެންދަމުން ކަމަށް ބުނެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް، ސަރުކާރުން ދަނީ އެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުއްލިއަކަށް އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތައް އިއުލާނުކޮށް "ވަޒީފާގެ ފޯވައްސެއް" ކުރިއަށް ގެންދަމުން ކަމަށް ބުނެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ މިނިވަންކަމާއެކު އިންތިހާބު ބޭއްވުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ ކަމެއް ކަމަށެވެ.
އެކަމަކު ޕާޓީގެ އެތެރޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު، ވޯޓަށް ނުފޫޒު ފޯރާނެ އެތައް ކަމެއް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ކަންބޮޑުވުމެއްގެ ގޮތުގައި ހަސަން ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ބިރު ދެއްކުމާއި ކުއްލިއަކަށް އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލުމެވެ.
"މިނިވަން އިންސާފެއް ލިބުމަށް މި އޮތީ ހުރަސް އެޅިފައި. އެކަމަކު އިންސާފުވެރި އިންތިހާބެއް ހޯދަން ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރާނެ ކަމެއް ދިމާވެދާނެތީ ވޯޓުލާ ދުވަހު އެކަމަށް ވަރަށް ބޮޑަށް ފާރަލާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު އޮންނަ އެ އިންތިހާބުގައި އިމްތިޔާޒުގެ ފަރާތުން މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން ހެނދުނު 7:30 ގައި ވޯޓުލާ މަރުކަޒު ކައިރީ ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.
ވޯޓުލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު ފަހެއް ޖަހަންދެންނެވެ. ޗެއާޕާސަން އިންތިހާބާއެކު އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ އިންތިހާބު ވެސް އޮންނާތީ އިތުރަށް ފާރަވެރިވާންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.
"އޮބްޒާވަރުންނާއި މަންދޫބުންނާއި ވޯޓުގެ ކަންކަމުގައި ޝާމިލުވާ މީހުންނަށް އިރުޝާދުދީ އެ މީހުން އަހުލުވެރިކުރުމުގެ ކަންކަން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކުރާނަން."
ހަސަން ވިދާޅުވިގޮތުގައި ވޯޓުލާ ދުވަހު ވޯޓު ފޮށިތައް ކައިރީ ތިބީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންތޯ ވޯޓުގެ ކުރިން ކަށަވަރުކުރާނެ އެވެ. އަދި ވޯޓު ފޮށި ހުޅުވައި ސީލްކުރުމާ ހަމައަށް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެ ޓީމުން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވޯޓުލާން ފެށުމުގެ ކުރިން ވޯޓުލާ މަރުކަޒުގައި އެ މަރުކަޒަކަށް ވޯޓުލެވޭ މީހުންގެ ލިސްޓު އެންމެނަށް ފެންނަ ގޮތަށް ހަރުކޮށްފައިވޭތޯ ބަލާނެ އެވެ. އަދި ވޯޓު ކަރުދާސް އޮންނަ ސިޓީ އުރަ ކަނޑަނީ އޮބްޒާވަރުންގެ ކުރިމަތީގައިތޯ އާއި ޖުމްލަ ކަރުދާހުގެ އަދަދާއި ވޯޓު ފޮށި ތެރޭގައި އެއްވެސް ކަރުދާހެއް އޮތްތޯ ބަލައި ޔަގީންކުރާނެ އެވެ.
އިންތި ކެމްޕެއިނަށް ފޮނަދޫއަށް ވަަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
ހަސަން ވިދާޅުވީ އެތަނުގައި ތިބޭ އޮފިޝަލުން، ވޯޓުލާންދާ މީހާ އާއި އެ މީހާ ހިފައިގެންދާ އައިޑީކާޑުގެ ފޮޓޯ ދިމާވޭތޯ ބަލާނެ އެވެ. އަދި މޫނުބުރުގާ އަޅާ އަންހެނުން ވެސް ވޯޓުލާން ވަންނައިރު އެތަނުގައި ތިބޭ އަންހެން އޮފިޝަލުންނަށް އެމީހުންގެ މޫނު ދައްކަން ޖެހެ އެވެ.
ވޯޓުލާން ވަންނައިރު ފޯނު ވެސް ބާއްވަން ޖެހޭނީ އޮފިޝަލުންގެ މޭޒުމަތީގަ އެވެ.
ހަސަން ވިދާޅުވި ގޮތުގައި މިހާރު ވެސް ސަރުކާރުގެ ކުންފުނިތަކުން ދަނީ އެ ތަންތަނުގައި މަސައްކަތްކުރާ މީހުން ވޯޓުލުމަށް ފަހު، އޭގެ ފޮޓޯ ފޮނުވަން އަންގަމުންނެެވެ. އެހެންވެ، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެކަހަލަ ކަމެއް ކުރިޔަސް އެމީހެއްގެ ވޯޓު ކަރުދާސް ފޮއްޓަށް ނުލެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަން ކަމުގެ އިންތިހާބުގައި އިމްތިޔާޒާއި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެ އިންތިހާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ފާޅުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހޫނު ހަމަލާތައް ދެމުންނެެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އިމްތިޔާޒަށް ތާއީދުކުރާއިރު ރައީސް އިބްރާހިމް މުހައްމަދުގެ ފެކްޝަނުން ދަނީ ފައްޔާޒަށް ކެމްޕެއިން ކުރަމުންނެވެ.
ނަޝީދާއި ރައީސް ވެސް އެ ދެބޭފުޅުން ތާއީދުކުރައްވާ ބޭފުޅުންގެ ނަން ހާމަނުކުރެއްވި ނަމަވެސް އެކަން ސާފެވެ. ނަޝީދު ވަނީ ފައްޔާޒާއި އޭނާއަށް ތާއީދުކުރައްވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދައްކަވައިފަ އެވެ. ހަމަ އެ މައްސަލައާ ގުޅިގެން ސަރުކާރުން އެމްޑީޕީ ވަކިވާން ޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.
ވިޕާ ޚިލާފުވި މެމްބަރުންނަށް ވަކިކުރަން ފަހު އިންޒާރު
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ
ޑިމޮކްރެޓްސްއާއެކު ވާދަކުރަން އެމްޑީޕީގެ ވިސްނުމެއް ނެތް
އެމްޑީޕީން "ކަނޑާލި" މީހުންނަށް ހަސަންގެ ދައުވަތެއް
ޕާޓީން ވަކިވާން ނަޝީދު ސޮއިކުރެއްވި ގަލަން ހަސަންއަށް
ނަޝީދު ވަޑައިގަތީ ރައީސްގެ ޖަވާބެއް ނުލިބުމުން: އިންތި
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ނަޝީދުގެ އާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު