ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ އަށް ޓީސީ ސްޕޯޓްސް ޖެހިލައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ އަށް ޓީސީ ސްޕޯޓްސް ޖެހިލައިފި އެވެ.
މެޗަށް ނުކުތް އިރު ތިންވަނައިގައި އޮތީ ސަސް އެވެ. އޭރު ދެޓީމު ވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެޓީމަށް ވެސް އޭރު ލިބިފައި އޮތީ 14 ޕޮއިންޓެވެ. ސަސް އަށް ކުރި ލިބުނީ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. އެކަމަކު މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ޓީސީން މިހާރު ވަނީ ތިންވަނައިގައި ތިން ޕޮއިންޓް ލީޑެއް ނަގައިފަ އެވެ. ޓީސީން މިހާރު ވަނީ 17 ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި މިދެ ޓީމު ކުޅުނު މެޗު ވެސް ޓީސީން ކާމިޔާބު ކުރީ 2-1 ންނެވެ. މިއަދު ގައުމީ ފުޓްބޯޅަ ދަނޑިުގައި ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ ދެވަނަ ހާފަުގައި މުހައްމަދު މުސްލިހް ޖެހި ލަނޑުންނެވެ.
ސަސްގެ ލަނޑު ޖެހި ޔަޝްފާދު (ވ)، އޭނާ އަތުން ބޯޅަ ހޯދަން ޓީސީގެ ޑިފެންޑަރު އަޖުފާން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް
މެޗުގައި ފުރަތަމަ ލީޑް ނެގީ ޓީސީންނެވެ. އެޓީމުގެ ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ޖެހީ އައިހަމް ހަމްދޫނެވެ. އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސް އިން ނަތީޖާ ހަމަހަމަ ކުރި މެޗުގެ 42 ވަނަ މިނެޓްގައި އެޓީމުގެ ލަނޑު ޖެހީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ.
ދެވަނަ ބުރުގައި ޓީސީގެ މުސްލިހް ފެންނަނީ ރަނގަޅު ފޯމެއްގައި ހުރި ތަނެވެ. ކުރިން ކުޅުނު މެޗުތަކުގައި ބަދަލު ކުޅުންތެރިޔެެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ވަނީ މެޗުގެ ނަތީޖާ ޓީސީ އަށް އަނބުރާލަދީފަ އެވެ. މިއަދުގެ މެޗުގައި ވެސް އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ލަނޑު ޖެހީ 64 ވަނަ މިނެޓްގަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީގެ މިސްރުގެ ޑިފެންޑަރު އަލާއުއްދީން ނާސިރު އަލް ސައީދު އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ.
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޓީީސީ އަށް ގެއްލިއްޖެ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ފަހުވަގުތު ސަސް ބަލިކޮށް ޓީސީ ހަމަޖެހިލައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި