Roadha Mihaaru
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ

ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ

01 ޑިސެމްބަރ 2023

ޓީސީގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ލީގު ނިމިއްޖެ އެވެ.

ޓީސީގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ލީގު ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން، މޮޅުވެ ސަސް ވަނީ 30 ޕޮއިންޓް ހޯދައިފަ އެވެ.

ކުރިން އޮތް ގޮތުން ލީގުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި ކުޅެން ޖެހޭނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އެކަމަކު ގައުމީ ޓީމުގެ ބްރޭކަށް ގާތްގަނޑަކަށް 80 ދުވަސްވަންދެން ލީގު މެދު ކަނޑާލައި އަލުން ފެށިފަހުން، ލީގުގެ ބަކީބައިގައި ވާދަ ނުކުރަން ނިންމައި ގްރީން އާއި ވެލެންސިއާ ލީގުން ވަކިވި އެވެ.

އެފްއޭއެމުން ނިންމީ، އެ ދެ ޓީމު މެޗު ދޫކޮށްލިކަމަށް ބަލައި، ދެކޮޅަށް ނުކުންނަން އަނެއް ޓީމަށް ތިން ޕޮއިންޓާ ދެ ގޯލް ލިބޭ ގޮތަށެވެ. ސަސް އަށް 30 ޕޮއިންޓް ލިބެނީ ގްރީން އަތުން ލިބޭ ތިން ޕޮއިންޓް ހިމަނައިގެންނެވެ.

ސަސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ސަސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އިއްޔެ ހަވީރު ކުޅުނު މެޗުގައި، ސަސް އިން އެ ޓީމުގެ ފުރަތަމަ ހަތަރު ލަނޑު ޖެހީ 13 މިނެޓްގެ ތެރޭގަ އެވެ. އެ ޓީމު އަލީ ހައިސަމް (ޗުމްޕު) ދެ ލަނޑު ޖެހި އެވެ.

ސަސް އަށް މެޗުގައި ފުރަތަމަ ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ. އެ ލަނޑު އޭނާ ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނެޓްގަ އެވެ.

އޭގެ ހަތް މިނެޓް ފަހުން މުހައްމަދު ޝަހާއު ސަސްގެ ދެވަނަ ލަނޑު ޖެހި އެވެ. އައިސަމްގެ ދެވަަނަ ލަނޑު އޭނާ ޖެހީ 36 ވަނަ މިނެޓްގަ އެވެ. ސަސްގެ ހަތަރުވަނަ ލަނޑު މުހައްމަދު އަލާއު ޖެހީ 39 ވަނަ މިނެޓްގަ އެވެ. ފަހު ލަނޑު އެޓީމުގެ ޒުވާން ކެޕްޓަން އަހްނަފް ރަޝީދު (އަހުއްކޮ) ޖެހީ 56 ވަނަ މިނެޓްގަ އެވެ.