12 މެއި 2022
އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެ މަނިކުފާނުގެ ސެކިއުރިޓީ އަށް އިސްކަން ނުދޭ ކަމަށް ބުނެ އެ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެ މަނިކުފާނުގެ ސެކިއުރިޓީ އަށް އިސްކަން ނުދޭ ކަމަށް ބުނެ އެ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯލިޝަނުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ބަޔަކު އިންޒާރުދީފައިވާ ކަމަށެވެ. ޔާމީނަކީ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާތީ އެ މަނިކުފާނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ދައުލަތު ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމިނަށް އިންޒާރު ދިންކަމަށް ބުނެ ޕީޕީއެމުން ހަމަ އެ ރޭ ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފުލުހުންނަށް ފޮނުވި ސިޓީގެ ކޮޕީ އެމްއެންޑީއެފަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
''މިއަދާ ހަމައަށް އައިއިރު ވެސް މީގެން އެއްވެސް ކަމަކާ ގުޅޭ ގޮތުން ތަހްގީގެއް ހިންގާކަމެއް މި މައްސަލައިގައި ކަންތައް ދަނީ ކިހިނެއްކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. ރަސްމީ ސިފައެއްގައި ވެސް ނުރަސްމީ ސިފައެއްގައި ވެސް މީގެން ކަމަކަށް ޖަވާބެއް ވެސް ދީފައެއް ނެތް.''
މި ކަންކަން މިހެން ހުއްޓާ އިންޒާރު ދިން ގުރޫޕުން ތިންވަނަ ދުވަހު ހަވީރު ޔާމީންގެ ގެ ކައިރިއަށް އެއްވެ ވަރަށް ގަދަޔަށް އިންޒާރުދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިކަމާ ގުޅިގެން ހަމަ އެ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް މިއިން އެއްވެސް ކަމަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ތަހްގީގެއް ހިންގިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
''މިކަން މިހެން އޮއްވާ އަނެއްކާ ބަޔަކު މިވަނީ ރައީސްގެ ގެކޮޅަށް ހަމަލާދީފަ. އެހެންވެގެން އަޅުގަނޑުމެން އެ ދުވަހު ވެސް ދެންނެވީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުން ހުރިކަމެކޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމިީންގެ ގެކޮޅަށް މި ގޮތަށް މި ހަމަލާ ދެވުނީ އެއީ އެމްއެންޑީއެފުން ދެއްވާ ސަމާލުކަން ނުދީ އޮތީމަ،'' އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމިންގެ ގެއަށް ހަމަލާދީފައިވާ ކަމަށް އަބްދުއްރަހީމް އެ ވިދާޅުވީ ރޭގެ ވަގުތެއްގައި ޔާމިން ދިރުއުޅުއްވާ ހ.ދޫވެހީގެ ދޮރަށާއި ގަރާޖުގެ ގޭޓަށް, އެ މަނިކުފާނު ހައްޔަރުކުރަން ގޮވާލައި ސްޕްރޭކޮށްފައިވާތީ އެވެ. ޔާމިން ހައްޔަރުކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހަށް ވެސް ވަނީ ސްޕްރޭކޮށްފަ އެވެ. އަދި އެ ތަންތަނުގެ ކުރިމައްޗަށް ވަނީ ޔާމިނަށް ''ވަގަށް ގޮވާފައިވާ'' ކަރުދާސްތަކަކާއި އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ ކަރުދާސްތަކެއް ވެސް އަޅައިފަ އެވެ. ފުލުުުހުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
ޔާމިނު ދިރިއުުޅުއްވާ ގެއަށް ސްޕްރޭކޮށްފައި-- ފޮޓޯ: މިހާރު
''މިއަދުގެ ސަރުކާރަށް ގޮވާލަން. އެއްގޮތަކަށް ވެސް ތިހެން ނަހައްދަވާ. ތިބޭފުޅުންގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައި ހުރި ކަންތައްތައް ގާނޫނުގައި ހުރި ގޮތަށް ކޮށްދެއްވާށޭ, ރައީސް ޔާމިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާށޭ.''
ރައީސް އަބްދުﷲ ޔާމިން. ސެކިއުރިޓީ ދޭނ ތިބި ފަރާތްތަކަށް އަންނަނީ އިންޒާރު ދެއްވަމުން. ފޮޓޯ: މިހާރު
ރައީސް ޔާމިންގެ ސެކިއުުރިޓީއާ ދޭތެރޭ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ފަހަކަށް އައިސް އެ ޕާޓީގެ ލީޑާޝިޕުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެ އެވެ.
"ސަރުކާރު ފެއިލްވާވަރަކަށް ޔާމީނަށް ޖެއްސުންކުރޭ"
ރައީސް ޔާމީން ހޮވާނީ ސަރުކާރު ވަސީލަތް ބޭނުންކޮށްގެން
އިދިކޮޅުގައި ގުޅުމެއް ނެތް، އެންމެން ބޭނުމީ ވެރިކަން
ރިޔާސީ އިންތިހާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ކާމިޔާބުން އެނގުނީ ޔާމީނަށް ދެމުންދާ އަނިޔާ: އަދުރޭ
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
ޓިކެޓުގެ ވާހަކަ ދައްކަން ލީޑަޝިޕަށް ފުރުސަތެއް ނުދިން
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން