Roadha Mihaaru
"ސަރުކާރު ފެއިލްވާވަރަކަށް ޔާމީނަށް ޖެއްސުންކުރޭ"

ސަރުކާރު ފެއިލްވާ ވަރަކަށް ޔާމީނަށް ބިރު ދައްކައި ޖެއްސުން އެބަ ކުރޭ، ފަހަތަކަށް ނުޖެހޭނެ: އަބްދުއްރަހީމް

01 އޯގަސްޓް 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދައްކާ ތަން ކަމަށާއި އެކަމަކު އެއީ ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގަވާ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދައްކާ ތަން ކަމަށާއި އެކަމަކު އެއީ ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގަވާ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މަރު ކޮމިޝަނަށް އަންނަ އަންގާރަ ދުވަހު ހާޒިރުވުމަށް ޔާމީނަށް އަންގާފައިވާތީ، އެކަމާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ދައްކާ ބިރަށް ޔާމީން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށާއި އެ މަނިކުފާނު ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު ކަމަށެވެ.

ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ޔާމީނަށް ކޮމިޝަނަށް ހާޒިރުވާން އެންގުމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ލީޑް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ކޮމިޝަނާއި ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ޖަމީލް ވިދާޅުވީ، މަރު ކޮމިޝަން ހޭލައިފި ކަމަށާއި އެކަމަކު އެ ކޮމިޝަން ފެއިލްވެ ރައްޔިތުން އެކަމާ ގުޅިގެން ސުވާލުކުރަން ފެށުމުން އައްޑަނައަކަށް ޔާމީން ހަދާފައިވާ ކަމަށެވެ.

ރިލްވާން ގެއްލިފައި ވަނިކޮށް، އެކަމާ ގުޅިގެން ޔާމީން 2018 ވަނަ އަހަރުގެ ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަފުޅުތަކަކާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް އަމާޒުވި އެވެ. އަދި ޔާމީންގެ މައްޗަށް ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ވެސް މީހުން ކުރި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޖަލުގައި ވެސް ބަލި ފެތުރެން ފެށުމުން ޔާމީން ގެ އަށް ބަދަލުކުރި އެވެ. އެ މަނިކުފާނު ގެއަށް ބަދަލުކުރީ އިދިކޮޅުން ވެސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ގެއަަށް ބަދަލުކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.