Roadha Mihaaru
މެމްބަރުންގެ އިތުބާރާއެކު، ޕާޓީގެ ކުރިމަގު ފައްޔާޒަށް

މެމްބަރުންގެ އިތުބާރާއެކު، އެމްޑީޕީގެ ކުރިމަގު ކަނޑައެޅުން ފައްޔާޒަށް

14 މެއި 2022

ކޮރަޕްޝަނާއި ވައްކަން އަދި އެހެނިހެން ގިނަ ތުހުމަތުތަކާ އެކު ވެސް، ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އާ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު އިންތިހާބުކޮށް، އެ ޕާޓީގެ ކުރިމަގު ކަނޑައެޅުން އޭނާއާ ހަވާލުކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކޮރަޕްޝަނާއި ވައްކަން އަދި އެހެނިހެން ގިނަ ތުހުމަތުތަކާ އެކު ވެސް، ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އާ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު އިންތިހާބުކޮށް، އެ ޕާޓީގެ ކުރިމަގު ކަނޑައެޅުން އޭނާއާ ހަވާލުކޮށްފި އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު ވާދަވެރި ކެމްޕެއިނެއް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ އެކު ފައްޔާޒު ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ތާރީހުގައި ވެސް އެ ޕާޓީގެ މެމްބަރަކާ ދިމާލަށް ނުކުރާ ވަރުގެ ބޮޑެތި ތުހުމަތުތަކުގެ ތެރޭގަ އެވެ. ފައްޔާޒަކީ އެމްޑީޕީގެ އަސާސްތައް ފުނޑާލާނެ ބޭފުޅެއް ކަމަށް ވާދަވެރި ކެންޑިޑޭޓު އިންތި އާއި އޭނާގެ ޓީމުން ގެންދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ފެށުނީއްސުރެ އޮތީ ފައްޔާޒާއި އޭނާގެ ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމެވެ.

ނަމަވެސް މިއަދު ބޭއްވި އިންތިހާބު ނިންމައިލީ ފައްޔާޒަށް ލިބުނު ބޮޑު މޮޅަކާއެކު އެވެ. އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ފައްޔާޒު ވަނީ 61 ޕަސެންޓް ހޯދައިފަ އެވެ. އިންތި އަށް ހޯއްދެވުނީ 22 ޕަސެންޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ހިންނަވަރުގައި ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމުން ބޭއްވި ހަރަކާތަކަށް ފަހު ފޮޓޯއެއް ނަގަންގަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ހިންނަވަރުގައި ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމުން ބޭއްވި ހަރަކާތަކަށް ފަހު ފޮޓޯއެއް ނަގަންގަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒު އަދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އިންތި ވެސް ހުރިހާ ރަށަކަށް ވަޑައިގެން އެ ބޭފުޅެއްގެ ސިޔާސަތާއި ޕާޓީއަށްޓަކައި ކޮށްދޭނެ ކަންކަން ތަކުރާރުކޮށް ވިދާޅުވެދެއްވި އެވެ. ފައްޔާޒާ ހިލާފަށް އިންތި އާއި އޭނާގެ ޓީމުން ގެންދިޔައީ ފައްޔާޒު ހޮވައިފި ނަމަ އެމްޑީޕީ އަށް ލިބޭނެ ގެއްލުމުގެ ވާހަކަތައް ކެނޑިނޭޅި ވިދާޅުވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވަައިދުގައިވާ ގޮތުން ނަމަ ޗެއާޕާސަނަކީ ވަރަށް ނުފޫޒު ގަދަ، ބާރުވެރި މަގާމެކެވެ. ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމުކުރާނީ އެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހާއި ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ޗެއާޕާސަނެވެ. އެ ނޫން އެހެން މުހިންމު ކަންކަން ވެސް ޗެއާޕާސަން ކުރައްވާނެ އެވެ.

މިދިޔަ ބުދަ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ، ދުނިޔޭގައި ނެތް ވަރުގެ ނުބައި މީހަކަށް ކުއްލިއަކަށް އޭނާ ބަދަލުކޮށްލި އިރު، އިންތިގެ ނަޒާހަތްތެރި ނަމަ އެ ހިސާބަށް ނުގެންދަވާނެ ކަމަށެވެ.

އިންތި އާއި ފައްޔާޒު: ޗެއާޕާސަންގެ އިންތިހާބު ކުރިއަށް ގެންދިޔައީ ވަރަށް ވާދަވެރިކޮށް.

އިންތި އާއި ފައްޔާޒު: ޗެއާޕާސަންގެ އިންތިހާބު ކުރިއަށް ގެންދިޔައީ ވަރަށް ވާދަވެރިކޮށް.

އޭނާ ވިދާޅުވީ، ކެމްޕޭން ފެށުނީއްސުރެ ވައްކަމާއި ހިޔާނާތާއި ނުފޫޒާއި އެ ނޫން ވެސް ހުރިހާ ނުބައި އިލްޒާމެއް އަޅުވައި ބަދުނާމު ކުރަމުންދާތީ "ހިތުގައި ޖެހޭ" ކަމަށެވެ. އެކުގައި މަސައްކަތްތަކެއް ކުރެއްވި އިންތިގެ ފަރާތުން އެކަން ފެނުން އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"ބައްލަވާ އެންމެ ފަހަރަކު ވެސް އަހާލިންތޯ އަޅުގަނޑާ ދޭތެރޭގައި ކުރާ ތުހުމަތުގައި ފަޔާއޭ މިކަން އޮތީ ކިހިނެއްތޯ. ހަމަ ވައްކަމޭ ނުފޫޒޫ ނަޒާހަތްތެރި ނަމަ ނުކިޔޭނެ," ފަޔާޒު ވިދާޅުވި އެވެ.