Roadha Mihaaru
އާ އަހަރުގެ ޝޯ އަށް އަރުމާން މާލިކް ރާއްޖެ އަންނަނީ

އާ އަހަރުގެ ޝޯ އަށް އަރުމާން މާލިކް އަންނަނީ

26 ޑިސެމްބަރ 2016

އާ އަހަރު ފުރުން ފާހަގަކުރުމަށް "ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލް"ގެ ނަމުގައި ސަރުކާރުން ބާއްވާ ޝޯ އަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރުމާން މާލިކް ގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އާ އަހަރު ފުރުން ފާހަގަކުރުމަށް "ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލް"ގެ ނަމުގައި ސަރުކާރުން ބާއްވާ ޝޯ އަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރުމާން މާލިކް ގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޕީއެސްއެމް ގުޅިގެން ކާނިވަލްގެ ސްޓޭޖްގައި އަންނަ ހޮނިހިރުދުވަހުގެ ރޭ ބާއްވާ މި ޝޯ ގެ އިޝްތިހާރު މިހާރު އަންނަނީ ކުރަމުންނެވެ. ޝޯ އަށް ވަނުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

އަރުމާން އަކީ 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ 30 އަށް ވުރެ ގިނަ ފިލްމްތަކަށް ވެސް ލަވަ ކިޔައިދީފަ އެވެ.

އިންޑިއާގެ ބައެއް ފިލްމް ޑައިރެކްޓަރުން އަރުމާން ސިފަކުރަނީ މަޝްހޫރު ލަވަކިއުންތެރިޔާ އުދިތު ނާރަޔަން ފަދަ ލަވަކިއުންތެރިއެއްގެ ގޮތުގަ އެވެ.

އަރުމާންގެ ގިނަ ލަވަތައް ހިންދީ މިއުޒިކް ޗާޓުގައި ވެސް މި އަހަރު ވަނީ ހިމެނިފަ އެވެ.