Roadha Mihaaru
ފާރުތަކުގައި އިންޑިއާ އައުޓް ލިޔުނު މީހާ ހައްޔަރުކޮށްފި

"އިންޑިއާ އައުޓް" ލިޔުނު މީހާ ފާހާނާގައި ފިލާ އޮއްވައި ހައްޔަރުކޮށްފި

17 މެއި 2022

މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ އެކަކު ފުލުހުންނަށް ފިލަން ފާހާނާއެއްގެ ތެރެއަށް ވަދެ އޮއްވައި މިއަދު ހައްޔަރުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ އެކަކު ފުލުހުންނަށް ފިލަން ފާހާނާއެއްގެ ތެރެއަށް ވަދެ އޮއްވައި މިއަދު ހައްޔަރުކޮށްފި އެވެ.

އެ މައްސަަލައިގައި ހޯދަން ފުލުހުން މިއަދު އިއުލާންކުރީ މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު 34، އެވެ.

ފުލުހުން ބުނީ، އަބްދުލްޣައްފާރު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލާ އޮއްވައި މިއަދު ހަވީރު 5:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަބްދުލްޣައްފާރު ހޯދަން އިއުލާންކުރީ، އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.

އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ."އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ.