Roadha Mihaaru
މަތީ ތައުލީމުގެ ދަރިވަރުންނާއެކު ދިރާގުން ބައްދަލުވުމެއް

މަތީ ތައުލީމުގެ ދަރިވަރުންނާ އެކު ދިރާގުން ބައްދަލުވުމެއް ބާއްވައިފި

18 މެއި 2022

އިއްޔެ ފާހަގަކުރި ދުނިޔޭގެ މުއާސަލާތާ ބެހޭ ދުވަހާ ގުޅިގެން، ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާ އެކު ދިރާގުން ޕެނަލް ޑިސްކަޝަންސް އެއް ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިއްޔެ ފާހަގަކުރި ދުނިޔޭގެ މުއާސަލާތާ ބެހޭ ދުވަހާ ގުޅިގެން، ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާ އެކު ދިރާގުން ޕެނަލް ޑިސްކަޝަންސް އެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްގެން ދިރާގުން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާއި އިސް ބޭފުޅުން ދަރިވަރުންނާ އެކު-- ފޮޓޯ: ދިރާގު

މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްގެން ދިރާގުން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާއި އިސް ބޭފުޅުން ދަރިވަރުންނާ އެކު-- ފޮޓޯ: ދިރާގު

ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ދިރާގުން ބުނި ގޮތުގައި ޒުވާނުންނާ އެކު ޑިޖިޓަލް މުޖުތަމައުތަކުގެ ކަންކަން ކުރިއެރުވުމާއި ރާއްޖޭގައި އުޅޭ އެންމެންގެ ދިރިއުޅުން ފަސޭހަކޮށްދިނުމުގައި ދިރާގަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރުމެވެ.

ދިރާގު އުފެދިގެން އައިގޮތާއި ކުރިއަށް އޮތްތަނުގައި ދިރާގުން ހާސިލްކުރަން ބޭނުންވާ އަމާޒުތަކަކީ ކޮބައިކަން، އިއްޔެ މެންދުރު ބޭއްވި ބައްދަލުވުމުގައި ސީއީއޯ ދަރިވަރުންނާ ހިއްސާކުރެއްވި އެވެ.

މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ދިރާގުން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ-- ފޮޓޯ: ދިރާގު

މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ދިރާގުން ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ-- ފޮޓޯ: ދިރާގު

ދުނިޔޭގެ މުއާސަލާތީ ދުވަހުގެ މި އަހަރުގެ ޝިއާރަކީ އުމުރުން ދުވަސްވީ މީހުންނަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ފަސޭހަކަން ދިނުމެވެ. އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ދެމުން އަންނަ ހިދުމަތްތަކަކީ ހުރިހާ އުމުރަކަށް ވެސް ފެތޭ، އަދި އާންމުންނަށް ވެސް ފަހި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ހިދުމަތްތަކެއް ކަމަށެވެ.

އަދުގެ ޒުވާނުންނަކީ މާދަމާ ރަނގަޅު ޖީލެއް ބިނާކުރުމުގައި އިސް ވެރިން ކަމަށް ވާތީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ އެ މީހުންނަށް ކުރާނެ ކަމަށް ދެކޭ ކަމަށް ދިރާގުން ބުނެ އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅިގެން، ދިރާގުން ވަނީ ކުއިޒެއް ވެސް ހުޅުވާލައިފަ އެވެ. އެ ކުއިޒުގައި ދިރާގާ ގުޅޭ ތިން ސުވާލަކަށް ޖަވާބު ދީގެން ގުރުއަތުން ހޮވޭ ތިން މީހަކަށް ފެންވަރު ރަނގަޅު، ފަހުގެ ވަޔަލެސް އިއާބަޑެއް ލިބެ އެވެ. ދިރާގުގެ ރަސްމީ ފޭސްބުކް، ޓުވިޓާ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯސްޓަށް މިރޭ 12ގެ ކުރިން ކޮމެންޓްކުރުމުން ކުއިޒުގައި ބައިވެރިވެވޭނެއެވެ.