Roadha Mihaaru

ދިރާގު ހައި-ސްޕީޑް ފައިބައަށް ބަދަލުކޮށްލުން ހިލޭ

ދިރާގުގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލު ކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގު ހައި-ސްޕީޑް ފައިބައަށް ބަދަލުކޮށްލުން ހިލޭ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

08 ސެޕްޓެމްބަރ 2021

ދިރާގުގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލު ކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން، އަންނަ މަހުގެ ނިޔަލަށް އޭޑީއެސްއެލް ކަނެކްޝަންތައް ހައި ސްޕީޑް ފައިބައަށް ހިލޭ ބަދަލުުކޮށްލެވޭނެ އެވެ. މިއީ އޭޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކަށް ފަސޭހައިން ބަދަލުކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަނުގައި ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބައަށް ބޭނުންވާ ހާއްސަ ރައުޓަރާއި ނުވަތަ އޯއެންޓީ ހިލޭ ލިބޭނެ އެވެ.

އޭޑީއެސްއެލް ކަސްޓަމަރުން ފަސޭހަކަމާ އެކު ފައިބަ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައި އެކައުންޓް މެދުވެރިކޮށް ކޮށްލެވޭނެ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކްގެ ހިދުމަތް ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު ވަނީ ދީފަ އެވެ.