އުމުރުން 15 އަހަރުން ދަށުގެ ކުދިން ތަކުރާރުކޮށް ސީރިއަސް ކުށްތައް ކުރިޔަސް، އެ ކުދިންނަށް ނަސޭހަތް ދީފައި ދޫކޮށްލުން ނޫން ގޮތެއް ނެތް ކަމަށާއި، ދޫކޮށްލުމާ އެކު އަނެއްކާ ވެސް ކުށުގެ ވެށިން ގެންނަން ގެންނަންޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.
18 މެއި 2022
އުމުރުން 15 އަހަރުން ދަށުގެ ކުދިން ތަކުރާރުކޮށް ސީރިއަސް ކުށްތައް ކުރިޔަސް، އެ ކުދިންނަށް ނަސޭހަތް ދީފައި ދޫކޮށްލުން ނޫން ގޮތެއް ނެތް ކަމަށާއި، ދޫކޮށްލުމާ އެކު އަނެއްކާ ވެސް ކުށުގެ ވެށިން ގެންނަން ގެންނަންޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު ކުޑަކުދިން އުފުލަން ޖެހެނީ 15 އަހަރުވުމުންނެވެ. އެކަމަކު 12 އަހަރާއި 14 އަހަރުގެ ކުދިން ވެސް ސީރިއަސް ބޮޑެތި ކުށްތަކުގައި ބައިވެރިވެ އެވެ. ދާދިފަހުން ހިނގައިދިޔަ މާރާމާރީތަކުގައި ވެސް އެ އުމުރުގެ ކުދިން ބައިވެރިވި އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާމެންޓްގެ ހެޑް މުހައްމަދު ބަޝީރު "މިހާރު" އަށް ވިދާޅުވީ ގާނޫނު އޮތް ގޮތުން، 15 އަހަރުން ދަށުގެ ކުދިންނާ މެދު ފުލުހުންނަށް އެޅޭނެ ގާނޫނީ އެއްވެސް ފިޔަވަޅެއް ނެތް ކަމަށެވެ. ތަކުރާރުކޮށް އެފަދަ ކުދިން ކުށް ކުރިޔަސް، މިހާރު ގާނޫނު އޮންނަ ގޮތުން މައިންބަފައިން ގެނެސް ނަސޭހަތް ދިނުމަށް ފަހު ކޮންމެ ފަހަރަކު ދޫކޮށްލަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު ހަމަ އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަނެއްކާވެސް އަޅުގަނޑުމެންނާ ހަމައަށް އެބަ ގެނެވޭ،" އޭނާ ވިދާޅުވި އެވެ.
"ހައްޔަރު ކުރުން ނުވަތަ ބަންދު ކުރުން ފަދަ ފިޔަވަޅެއް އަޅުގަނޑުމެންނަށް ނެތް އެޅޭކަށް،" ބަޝީރު ވިދާޅުވި އެވެ.
އުމުރުން 15 އަހަރުން ދަށުގެ ކުދިން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ގާނޫނުގައި ކަނޑައެޅިއިރު އެއަށް ވުރެ ދަށް އުމުރުގެ ކުދިންނާ މެދު އަމަލު ކުރާނެ މާ ގިނަ ގޮތްތަކެއް ގާނޫނަކު ނެތެވެ. ހަމައެކަނި އޮތީ ދައުލަތާއި އާއިލާތަކުން ގުޅިގެން އެފަދަ ކުދިން އިސްލާހު ކުރަން މަސައްކަތްކުރާ ގޮތަށެވެ.
ގާނޫނުގައި ބުނާ ގޮތުން ކުދިން އިސްލާހުކުރުމަށް މަރުކަޒުތަކެއް ހަދަންޖެހެ އެވެ. އެކަމަކު ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެކަން އޮތީ ނުވެ އެވެ.
އެކަމަކު އިސްލާހީ ޕްރޮގްރާމްތަކަށް އެ ކުއްޖާ އެއްބާރުލުން ނުދިނަސް އިތުރަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތަކެއް ވެސް ނުހުރެ އެވެ. ބަޝީރު ވިދާޅުވި ގޮތުގައި އެއީ ފުލުހުންގެ ބޮޑު ކަންބޮޑުވުމެވެ.
ބޮޑު ކުށްތަކުގައި ކުޑަކުޑަ ކުދިން:ގާނޫނުގެ އަތް ނުފޯރާ
ހޯރަފުށީގެ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
3 އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ނުރައްކާތެރި ކުށްކުރާ ޖީލެއް: ބަލަން ތިބެންވީތަ؟!
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން
ކުދިން ރިހެބިލިޓޭޓްކުރުމަށް ފަހު ސަލާމަތީ ހިދުމަތަށް
ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަތިބި