19 މެއި 2022
ނިއު ދިއްލީ (މެއި 19) - އިންޑިއާގެ ސުޕްރީމް ކޯޓުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މަގާމުން ދުރުކޮށް، އެ ފެޑެރޭޝަންގެ ހިނގުން ސްޕްރީމް ކޯޓުން ކަނޑައެޅި އެޑްމިނިސްޓްރޭޓިވް ކޮމިޓީއަކާ ހަވާލުކޮށްފި އެވެ.
ނިއު ދިއްލީ (މެއި 19) - އިންޑިއާގެ ސުޕްރީމް ކޯޓުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯ މަގާމުން ދުރުކޮށް، އެ ފެޑެރޭޝަންގެ ހިނގުން ސްޕްރީމް ކޯޓުން ކަނޑައެޅި އެޑްމިނިސްޓްރޭޓިވް ކޮމިޓީއަކާ ހަވާލުކޮށްފި އެވެ.
ތިން މެންބަރުން ހިމެނޭ ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރައްވާނީ، ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް އެވެ. އެފްއޭގެ އިދާރީ ހިންގުމާއި ދުވަހުން ދުވަހަށް ހިންގުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް އިސްކޮށް ބެލެހެއްޓުމަކީ ވެސް އޭނާގެ ޒިންމާ އެކެވެ. ކޮމިޓީގެ އަނެއް ދެ މެންބަރުގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އާއި އިންޑިއާގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީ އެވެ. އެ ދެ މެންބަރުގެ ޒިންމާއަކީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
"އެޑްމިނިސްޓްރޭޓިވް ކޮމިޓީން ކުރިއަށް ގެންދާނީ ދުވަހުން ދުވަހަށް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމުގެ ކަންކަން،" ސްޕްރީމް ކޯޓުގެ ބެންޗުން ނިންމި ނިންމުމުގައިވެ އެވެ.
އިންޑިއާގެ އެފްއޭގެ ރައީސް ކަމުން ޕްރަފުލް ދުރުކުރީ، އިންޑިއާ ސަރުކާރުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައިވާ ގޮތުގެ މަތިން ޕްރަފުލް އަށް އޭއައިއެފްއެފްގެ ރައީސް ކަމުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ.
އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނެފައި ވަނީ އެ ގައުމުގެ އެއްވެސް ކުޅިވަރު ފެޑެރޭޝަނެއް ނުވަތަ އެސޯސިއޭޝަނެއްގެ ރައީސް ކަމުގައި އެކަކަށް 12 އަހަރަށް ވުރެ ގިނަ މުއްދަތެއް ހޭދަ ނުކުރެވޭނެ ކަމަށެވެ. އެ ކޯޑަށް އިންޑިއާ އިން އަމަލުކުރަން ފެށީ 2011 ގަ އެވެ. އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކަމަށް ޕްރަފުލް އެންމެ ފުރަތަމަ ވަޑައިގަތީ ޑިސެމްބަރު 2009 ގަ އެވެ.
"އެންމެ ފަހުން އޭއައިއެފްގެ އިންތިހާބު ބާއްވާފައި ވަނީ ޑިސެމްބަރު 12، 2016 ގައި. ޕްރަފުލްގެ ދައުރު ވަނީ ޑިސެމްބަރު 2020 ގައި ހަމަވެފައި. އިންޑިއާގެ ގައުމީ ކުޅިވަރު ކޯޑްގައި ބުނާ މުއްދަތަށް ވުރެ އިތުރަށް އެ މަގާމުގައި އޭނާ ހޭދަކޮށްފި. އިތުރަކަށް އެ މަގާމުގައި ނުހުރެވޭނެ. އެހެންވެ މިހާރުން މިހާރަށް އިންތިހާބަކަށް ދާން ޖެހޭނެ،" އިންޑިއާގެ ސުޕްރީމް ކޯޓަށް ސްޕޯޓްސް މިނިސްޓްރީން މިދިޔަ މަހު ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައިގަންނަ ކަމަށް ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
ފުޓްބޯޅައިގައި ބްރެޒިލަށް ވަންޏާ އިންޑިއާއަށް ވާނެ
ފުޓްބޯޅަ ސްކޫލެއްގެ ޕްރޮޖެކްޓްގައި ވެންގާ އިންޑިއާ އަށް
ފީފާއިން އިންޑިއާ ސަސްޕެންޑްކޮށްފި
އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު
އައި-ލީގަކީ އިންޑިއާގެ އެއްވަނަ ލީގުކަމަށް ކަނޑައަޅަނީ
ޕްރަފުލްއަށް އިންޑިއާގެ އެފްއޭގައި ނުހުރެވޭނެ: ސަރުކާރު
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ